22 އޯގަސްޓް 2018
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވި ކަމަށް ބުނެ "އީޕީޓުޑޭ" އިން އިއްޔެ ލިޔުނު ޚަބަރުން އެ ބައި އުނިކޮށްފި އެވެ.
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވި ކަމަށް ބުނެ "އީޕީޓުޑޭ" އިން އިއްޔެ ލިޔުނު ޚަބަރުން އެ ބައި އުނިކޮށްފި އެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ޚަބަރުތައް ގެނެސްދިނުމަށް މަހަކު އެއް ފަހަރު ނެރޭ އެ ނޫހުގައި، އެ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީއާ ހަވާލާދީ ބުނެފައި ވަނީ ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓު އޭނާ ދެކެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ލިސްޓުގައި ހިމެނެނީ ކޮން ބައެއް ކަން ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެން އަތުގައި ލިސްޓު އެބައޮތް. އޭގައި އެބައޮތް 41 މީހެއްގެ ނަމެއް. އެ ނަންތައް އަޅުގަނޑު ދުށިން. [ރާއްޖެ އަށް] ދަތިކުރުމުގެ ފިޔަވަޅު އަޅަން އޮތީ ނިންމާފައި. މިހާރު މިވަނީ ތަންފީޒު ކުރުމުގެ މަރުހަލާ އައިސް ޖެހިފައި. އޮނިގަނޑު ވަރަށް ސާފު. ދަތުރަށް ފަހު، އީޔޫ އަށް ވަރުގަދަ މެސެޖެއް ދޭނަން،" އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ރެޕަޓުއާ "އީޕީޓުޑޭ" އަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު، ޒެކޮވޯސްކީގެ އެހެން ވިދާޅުވި ކަމަށް ނޫހުގައި އޮތް ބައި މިހާރު ވަނީ އުނިކޮށްފަ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ނަގަހައްޓަން، އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑާއި އިންޑިއާ އަދި ޖަޕާން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާ ބައިން ގައުމުތަކުގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ލިޔެފައިވަނީ "ޔޫރަޕް އޮތީ ސީރިއަސްކޮށް، މެމްބަރު ގައުމުތައް ތިބީ ކަންބޮޑުވެފައި" ކަމަށެވެ.
އަދި ފިޔަވަޅު އަޅަން ނިންމާފައިވާ ލިސްޓު ހާމަކުރާނެ ކަމަށް ވިދާޅުވި ބައިވެސް ނޫހުން ވަނީ އުނިކޮށްފަ އެވެ.
މުހިއްމު ވާހަކަތަކެއް އުނިކޮށް، ބޮޑެތި އިސްލާހުތަކެއް ގެނައި ނަމަވެސް، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އޭނާ ދައްކަވާފައިވާ ގިނަ ވާހަކަތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެގޮތުން، އޭނާ ވިދާޅުވީ އަންނަ މަހުގެ 23 ގައި ރާއްޖޭގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ، ބައިނަލްއަގްވާމީ މުޖުތަމައު ބަލަން ނުތިބޭނެ ކަމަށާއި އެފަދަ ނަތީޖާއެއް ބަލައި ވެސް ނުގަންނާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އަދި ނަތީޖާ އޮޅުވާލައިފި ނަމަ އެ ބަޔަކާ މެދު އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ޒެކޮވޯސްކީ ވިދާޅުވި އެވެ.
"އީޕީޓުޑޭ"ގައި ރޭ ޝާއިއު ކުރި ޚަބަރު، ރާއްޖެ އިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވަނީ ދޮގު ކުރައްވައިފަ އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވީ ސިޔާސީ މަގްސަދެއްގައި ދޮގު ވާހަކަތައް ފަތުރަމުން ދަނީ އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ ރިޔާސީ އިންތިޚާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރުދެއްކުމަށާއި އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކަމަށެވެ.
އަދި ދޮގު މައުލޫމާތު ފަތުރަމުން ދާ މައްސަލައިގައި އީޔޫގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
"ކޮންމެ އިންތިޚާބަކާ ދިމާކޮށް ވަރަށް ފޯރިގަދަކޮށް މިކަހަލަ ކަންކަން ދޭ. މިއީ އޭގެ ބޮޅެއް. އިތުރު ބޮޅު އަންނާނެ. އަޅުގަނޑު ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ ލިސްޓު ނެތް ކަން،" ޝިއާން ވިދާޅުވި އެވެ.
ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫ އިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ. އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
"ފިޔަވަޅު އެޅިއަސް ރާއްޖެ އަށް ގެއްލުންވިޔަ ނުދޭނެ"