15 އޯގަސްޓް 2018
ރާއްޖެ އަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން މަނާ ކޮށްފާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ތ. ދިޔަމިގިލީގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން މަނާ ކޮށްފާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ތ. ދިޔަމިގިލީގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން އާއްމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށެވެ. ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ސަރުކާރުގެ އިސް ވެރިން އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ިބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
މި ދަތިތައް ރާއްޖެ އަށް ކުރިމަތިވީ، އިސްލާމް ދީނުގެ އަސާސްތައް ދިފާއު ކުރައްވައި އެ މަނިކުފާނު ވާހަކަ ދައްކަވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު މިފަދަ ފިއްތުންތަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް އަސަރު ނުފޯރާނެތޯ ރައީސް ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުމެން އެކްސްޕޯޓް ކުރާ އެއްޗެހި، ކޮންމެ އިރަކު އެކްސްޕޯޓް ކުރުން މަނާވެދާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަޅުގަނޑުމެންގެ އެކި ފެންވަރުގެ މީހުން އެކި ގައުމުތަކަށް ޒިޔާރަތް ކުރުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަދި މި ނޫން ވެސް ދަތިކުރުމުގެ އެހެން ކަންތައްތައް ކުރެވިދާނެ ކަމުގެ އިންޒާރު ކުރަމުން އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ނޫންތޯ އިންތިޚާބަކަށް؟ މިއީ ގައުމެއްގެ ދާޚިލީ ކަންކަމަށް ބާރުފޯރުވަން ކުރާ ކަންކަމެއް ނޫންތޯ؟"
މިފަދަ ކަންކަން، އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެ ޕާޓީތަކުގެ އިސް ބޭފުޅުން ކުށްވެރި ނުކުރައްވަނީ ކީއްވެތޯ ވެސް ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
ބޭރުގެ ފިއްތުންތަކުން ލިބިދާނެ ގެއްލުމެއްގެ ދިފާއުގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަ ނުދައްކަވަނީ، ރާއްޖޭގައި އޮންނަން ޖެހޭނީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިލުފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރަށް އަމާޒުކުރާ އެއް ތުހުމަތަކީ ކޮރަޕްޝަންގެ ތުހުމަތު ކަން ފާހަގަކުރައްވައި ވިދާޅުވީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ ޚަރަދު ބޮޑު ކަމަށް ވާހަކަ ދައްކާއިރު، އެއީ ސިއްހީ ޚިދުމަތްތަކަށް ހުރި ހުރަސްތަކުގެ ހައްލެއް ކަމަށެވެ. އެއާއެކު ގާނޫނާ ޚިލާފަށް، އިންސާފުން ބޭރުގައި ސަރުކާރުން ކަންކަން ކުރާ ކަމަށް ދައްކާ ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއްވެސް މީހެއްގެ ހައްގެއް ގެއްލިއްޖެ ނަމަ، ގާނޫނީ އުސޫލުގެ ތެރެއިން އެކަމަށް ފަރުވާ ހޯދެން ރާއްޖޭގައި އެބައޮތެވެ. ސަރުކާރުގައި ކޮރަޕްޝަން ހިންގާ ކަމަށާއި އެކަން ރައީސް ޔާމީނަށް މައްސަލައަކަށް ނުވާ ކަމަށް ދައްކަން އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ކަންކަން ބަލަން ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ.
"ވޯޓުގެ ކުރިން އަޅުގަނޑު ބަލިކުރަން އެންމެ ފަސޭހަ ވާނީ [ކޮރަޕްޝަންގެ] މިކަހަލަ މައްސަލަތައް ހިފައިގެން އޭސީސީ އަށް ދިޔައީމަ ނޫންތޯ؟ އޭސީސީ އަށް ގޮސް ސާބިތުކުރަންވީ ނޫންތޯ އޭގައި ހިމެނޭ ކޮރަޕްޝަނެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގައި ކޮރަޕްޝަން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅީ މި ސަރުކާރުގައި ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނާއި އިންސާފުގެ ވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.
"އިންސާފު ގާއިމްކުރަނީ ސިޔާސީ ބޭފުޅެއް ނޫން. އިންސާފު ގާއިމްވާނީ ގާނޫނުއަސާސީގައި ނުވަތަ އަދުލުގެ ނިޒާމްގައި އެކަން ކަނޑައަޅާފައި އޮތް ގޮތަކަށް. އިންސާފު ގާއިމްވެގެންދާނީ ކޯޓުތަކުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ
"ކޭކު ފަޅަން" ގާނޫނު ބޭނުން ވަނީ އިތުބާރު ނެތުމުން