19 ޖުލައި 2018
ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ވާނީ އެހެން މީހުންގެ މިނިމަސް ކައިގެން ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ "މިނިމަސް ކާން" ނުޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން މިއަދު ހދ. ހަނިމާދޫގައި ރައްދު ދެއްވައިފި އެވެ.
ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ވާނީ އެހެން މީހުންގެ މިނިމަސް ކައިގެން ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ "މިނިމަސް ކާން" ނުޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން މިއަދު ހދ. ހަނިމާދޫގައި ރައްދު ދެއްވައިފި އެވެ.
ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަ މީހާ ކުރަން ޖެހޭނެ ކަމަކީ، ރައްޔިތުންނާ ގުޅޭ މިންވަރާއި ރައްޔިތުންގެ އުންމީދުތައް ފުއްދައިދޭނެ މިންވަރާއި ރާއްޖެ ކުރިއަށް ގެންދާނެ ގޮތް ކަށަވަރުކޮށް ދިނުން ކަމަށެވެ. ނަމަވެސް އެކަން ކުރަން، "ރައީސް ޔާމީންގެ މިނިމަސް ކާން" ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އޮތް ޑިމޮކްރަސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާފައި ނުވާނެ ކަމަށެވެ. އެކަމަކު އެއްވެސް އަސާސެއް ނެތި، އިސްލާމީ ޝަރީއަތާ ހިލާފަށް މީހުންގެ އަބުރަށް އަރައިގަންނާތީ އެކަން ކުރުން ހުއްޓުވާފައި އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން، މިއަދު ހަނިމާދޫ އަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"އަބުރާ ބެހުމަކީ އެއްގޮތަކަށް ވެސް ޑިމޮކްރަސީއަށް އޮތް ހުރަހެއް ނޫން. އަޅުގަނޑުމެންނަށް ބޭރު ކަރަކަރައިގެ އިސްލާމީ އުސޫލުތައް ގަބޫލުނުކުރާ ތަންތަނުގައި މިންވަރަށް މިކަން ކުރާކަށް ނުޖެހޭ. އަދި އެތަންތަނުގައި ވެސް މިކަންކަމަކީ ކުށެއް،" ރައީސް ވިދާޅުވި އެވެ.
އޮސްޓްރޭލިއާ އިން މިސާލު ނަންގަވައި ރައީސް ވިދާޅުވީ މަގުމަތިން ހިނގާފައި ދަނިކޮށް، މީހަކު ފޮށިއްޖެ ނަމަ، އެ މީހަކު ހައްޔަރު ކުރާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އަބުރުގެ ދައުވާ އަންނަނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ނެތިގެން އުޅެނީ ޑިމޮކްރަސީއެއް ނޫނެވެ. ރާއްޖޭގައި ނެތިގެން އުޅެނީ ކަންކަން ކުރާނެ "ސިކުނޑި ހުރި ވެރިން" ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ތަރައްގީ ކުރަން ލޭއޮހޮރުވުމެއް ހިންގަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ވެރިންނާ ދޭތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން ނިންމުމުން، އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅުތަކުގެ ވާހަކަ އަބަދުވެސް ދައްކާނެ ކަމަށެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި ވެސް ދެއްކި ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ނުސީދާ ގޮތެއްގައި ބައެއް ގައުމުތަކަށް ފާޑު ވިދާޅުވެފަ އެވެ.
"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކުރާނެ ކަންކަން ނެތިގެންތޯ މިއުޅެނީ؟ އިރާގު ފުނޑާލަނީ، ފަލަސްތީނު ފުނޑާލަނީ، ލީބިޔާ ފުނޑާލައިފި، ސީރިއާ ފުނޑާލައިފި، މި ހުރިހާ ކަމެއް ވެގެން އެބަ ދޭ. އެކަމަކު، ދުނިޔޭގެ ވިސްނުމާއި ދުނިޔޭގެ ލޮލުގެ ފިކުރު ލޮލުގެ ފެނުން މިއޮތީ ރާއްޖެއަށް ހުއްޓާލާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބަޔަކު ފިޔަވަޅު އެޅުމުން އުނދަގޫވާނީ އެމަނިކުފާނާއި އެމަނިކުފާނާ އެކީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ނޫން ކަމަށެވެ. މިއީ "ދާއިމަށް ރާއްޖޭގައި ޖަހާ ލައްގަނޑެއް" ކަމަށާއި މިކަމުގެ އުނދަގޫ ވިޔަފާރިވެރިންނަށް ކުރާނެ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އުފެދުނު ސަރުކާރުތަކުގައި ގާނޫނާ ހިލާފަށް މީހުން ހައްޔަރުކޮށްގެން ގެންގުޅުނީމަ، ބޭރުގެ ފަރާތްތަކުން މައްސަލަ ޖައްސަމުން ނުދާ ކަމަށެވެ. އަދި މީހުން، ގާނޫނާ ހިލާފަށް ހައްޔަރު ކުރަމުންދާތީ، ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން އޭރު ތާއީދުކުރައްވާފައި ނުވާ ކަމަށާއި އެކަމަށް ތާއީދު ނުކުރެއްވީ ރައްޔިތުންނަށް ބޮޑު މުސީބާތެއް ކުރިމަތިވާނެކަން އެނގޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
ސަރަހައްދުގެ މައި އެއާޕޯޓަކަށް ވާނީ ހަނިމާދޫ: ރައީސް
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި
ބަދަލަކަށް ބޭނުންވެގެން ވޯޓު ލުން ނިމިއްޖެ: ޝަހީމް
ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި