01 ސެޕްޓެމްބަރ 2018
އިސްލާހީ ހަރަކާތާއި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ބަދަލަކަށް ބޭނުންވެގެން ވޯޓު ލުން މިހާރު ނިމިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިސްލާހީ ހަރަކާތާއި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ބަދަލަކަށް ބޭނުންވެގެން ވޯޓު ލުން މިހާރު ނިމިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. އާއި ށ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުގައި ހަނިމާދޫގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހިންގުމުގެ ސިޔާސަތު އިސްލާހުކޮށް ނިމިއްޖެ ކަމަށެވެ. އެހެންވެ، ދެން އޮތީ ގައުމު ބިނާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމް ވިދާޅުވި ގޮތުގައި، ކޯލިޝަނަކާ ވެރިކަން ހަވާލުކޮށްފި ނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާހީ ހަރަކާތާއި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ބަދަލަކަށް ބޭނުން ވެގެން ވޯޓުލުމާއި މި ކަންކަން މިހާރު ނިމިއްޖެ. މިހާރު އަޅުގަނޑުމެން ކުރިއަށް ގެންދަންވީ ބިނާކުރުން. ދެން އިތުރަށް އާ ކޯލިޝަނަކަށް ވެރިކަން ހަވާލުކޮށްގެން ދެން ވާނެ ވަކި ފައިދާއެއް ނެތް،" އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލަވައިލާ ކޯލިޝަންތައް ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަން 2008 ގައި އެކުލަވައިލި ކޯލިޝަން ވެސް އެންމެ 21 ދުވަހުގެ ތެރޭގައި ރޫޅިފައިވާ ކަމަށެވެ.
"ޔަގީނޭ ރޫޅޭނެކަން. މިއީ ކަށަވަރު ކަމެއް ރޫޅޭނެކަން،" ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅުން އެކުލަވާލާފައިވާ ކޯލިޝަނަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވި އެވެ.
#RaeesYameen ah thaeedh ithuru kurumuge gothun H.Dh Hanimaadhoo Rayyithunnaa bahdhalukurun #YameenShaheem2018#ProgressShared#RY2018#YS2018#VotePPM pic.twitter.com/PJqaagBBID
— محمد شهيم علي سعيد (@Mohamedshaheem1) September 1, 2018
ރައީސް ޔާމީން މިދިޔަ ދުވަސްތަކުގައި ހިންގަވާފައިވާ އެކިއެކި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ ކަމަށެވެ. އަދި އެ ބްރިޖުގެ ބާނީ އަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެނގޭނެ އެކަމުގައި ހުރި ފަސޭހަކަން،" ޝަހީމް ވިދާޅުވި އެވެ.
މާލޭގައި އިމާރާތް ކުރަމުންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ ގައުމީ ހޮސްޕިޓަލަކަށް ބަދަލުވެ، އެއީ ދިވެހިންނަށް ލިބޭނެ ވަރަށް މަތިވެރި ފުރުސަތަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން ޝަހީމް ވަނީ ރާއްޖޭގެ ވެރިކަން ވަކި އާއިލާތަކެއްގެ މެދުގައި ބަދަލުވަމުންދާ ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ޑރ، ޝަހީމް މިރޭ ހަނިމާދޫގައި ވާހަކަ ދައްކަވަނީ: ނަޝީދަށް ވަނީ ފާޑުވިދާޅުވެފައި.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް
"އެކަން އެބަޖެހޭ ކޮންމެވެސް ގޮތަކުން ނިންމާލަން. ދިވެހި ދައުލަތުގެ ވެރިކަން އާ ޖީލަކަށް ވާރުތަ ވާންޖެހޭ. އަބަދު ދެ ތިން ގެއެއްގެ ދެމެދުގައި އޮންނަ ހަނގުރާމަ އަކަށް މިކަން ވެގެން ނުވާނެ ވަކި އާއިލާތަކެއްގެ މެދުގައި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އިސްލާމް ދީނަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ޝަހީމް މިއަދު ހަނިމާދު އަށް ވަޑައިގެން، ރައީސް ޔާމީނަށް ކެމްޕެއިން ކުރައްވުމަށްޓަކައި މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް
"ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖެއަށް ވަރަށް ދަތި ވަގުތެއް. އެތައް ގޮތަކުން ރާއްޖެެއަށް ގޮންޖެހުން ކުރިމަތިވެފައި އޮތް ވަގުތެއް. ބޭރުގެ އެކިއެކި ނުފޫޒު ދިވެހި ދައުލަތުގެ މައްޗަށް އޮތް ވަގުތެއް. އަދި އޭގެ ކުރިން ވެރިކަން ކުރަމުން ދިޔަ ދުވަސްވަރުގައި އިސްލާމް ދީނުގެ ކަންތައްތަކަށް ވެސް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުން އަރައި ނުގަނެވިގެން އުޅުނު ވަގުތުކޮޅު،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާރުތަވާން ޖެހެ އެވެ. އަދި އެ ޖީލުގެ މުއައްސިސަކީ ރައީސް ޔާމީނަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން އެކަކަށް ދެ ދައުރު ވެރިކަން ކުރެވޭ ކަމަށާއި އެހެންވެ ރިޔާސީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ދޭން "އަޅުގަނޑުމެން ބޭނުންވޭ" ކަމަށެވެ.
"އެއީ ދިވެހިރާއްޖެ ތަރައްގީ ކުރުމަށް. ދިވެހިރާއްޖޭގެ އިސްލާމީ ކަންކަން ހަރުދަނާ ކުރުމަށް. އަޅުގަނޑުމެން އެ މަގުން މަސައްކަތް ކޮށްފި ނަމަ ހަމަ ޔަގީން ދިވެހި ގައުމަށް ފާގަތިކަމާއި ކުރިއެރުން އަންނާނެކަން އިންޝާﷲ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބު ﷲ އިރާދަފުޅުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ އެވެ. އަދި ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ގައުމަށް ދެވޭނެ ދެރައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް
ގާސިމްގެ ގިނަ މައްސަލަތައް ހުރީ މަޑުޖެހިފައި: ވަކީލުން
ގާސިމަކީ ކުރު މަގުން އިންސާފު ހޯދާ ބޭފުޅެއް: ރައީސް
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ކެމްޕޭނަށް ޝަހީމް ދ. އަތޮޅަށް ވަޑައިގެންފި
މިއީ ސިޔާސީ ނުވެ ގައުމު ބިނާކުރަންވީ ވަގުތު: ޝަހީމް
ގާނޫނު ހިންގުމުގެ ފަލްސަފާ ރައީސް ޔާމީން ދަނޭ: ޝަހީމް
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް