21 ޖުލައި 2018
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވަޑައިގަންނަވަން ފަރިތަ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިޔަސް، ގާސިމްގެ މަސްލަހަތާ ގުޅިފައިވާ ގިނަ މައްސަލަތައް ކޯޓުތަކުގައި ހުރީ މަޑު ޖެހިފައި ކަމަށް އޭނާގެ ވަކީލުން ރޭ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވަޑައިގަންނަވަން ފަރިތަ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިޔަސް، ގާސިމްގެ މަސްލަހަތާ ގުޅިފައިވާ ގިނަ މައްސަލަތައް ކޯޓުތަކުގައި ހުރީ މަޑު ޖެހިފައި ކަމަށް އޭނާގެ ވަކީލުން ރޭ ބުނެފި އެވެ.
ހދ. ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް ސިފަކުރެއްވި ގޮތުގައި ގާސިމަކީ "ކޯޓުތަކުގައި ހިންގަވަން ވަރަށް ފަރިތަ" ބޭފުޅެކެވެ. ގާސިމަށް އަމާޒުކުރައްވާ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވީ އޭނާގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ޖަލުގެ ހުކުމުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަންނަވަން ވިދާޅުވަމުންނެވެ.
ގާސިމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ މަސްލަހަތާއި ގުޅިފައިވާ ގިނަ އަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުއީ އެކި މަރުހަލާގެ އެކި ކޯޓުތަކުގައި މިވަގުތު ހުރީ ކުރިއަށް ނުގޮސް މަޑު ޖެހިފައި ކަމަށެވެ. އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުމުން ތިން އަހަރު، ހަތަރު އަހަރު އަދި ނުވަ އަހަރު ފާއިތުވެފައިވާ މައްސަލަތައް ވެސް ހުރި ކަމަށް ވަކީލުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި އަވަސް ގޮތަކުން، ކުރު މަގަކުން ގާސިމްގެ މައްސަލައެއް މި ފަހުން ނިންމީ އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތްކޮށް، އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުންނެވެ.
"ގާނޫނީ އުސޫލުތަކާ ހިލާފު ދުސްތޫރީ ހަމަތަކާ މުޅިން އިދިކޮޅު އެ ހުކުމަކީ އަވަސް ގޮތަކަށް ކުރު މަގުން ރާއްޖޭގެ ކޯޓަކުން މި ފަހުގެ ތާރީހުގައި ނިންމާފައިވާ އިންސާފުވެރި ނޫން ކަމަށް ދިވެހި ރައްޔިތުން ދެކޭ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލަ އެވެ،" ބަޔާނުގައި ބުންޏެވެ.
ގާސިމްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި އޮގަސްޓް 25، 2017 ގައި ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާނެ ކަމަށެވެ. އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބާއްވާފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ވަކީލުން ބުނި ގޮތުގައި ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ހުންނެވުމަކީ އޭނާގެ ބައިވެރިވެރިވެޑައިގަތުމަކާ ނުލައި ހިންގެވި ޝަރީއަތެއްގައި ކުރި ހުކުމާ މެދު މަތީ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ހުރަހެއް ކަމުގައިވާނަމަ، އެކަމުން ވެސް ދަލީލު ކޮށް ދެނީ އެ ހުކުމް ބާތިލްވެފައިވާ ކަމެވެ.
ވަކީލުންގެ ބަޔާނުގައި ބުނީ ގާސިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ އިޖުރާއުތަކާ ހިލާފަށް ކަމަށްވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ މައްސަލަ އެ ކޯޓުން ބަލައިގެންފައި ނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.
ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ އޭނާގެ މައްޗަށް ހުކުމް އައި ފަހުން، ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
ގާސިމަކީ ކުރު މަގުން އިންސާފު ހޯދާ ބޭފުޅެއް: ރައީސް
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ބަދަލަކަށް ބޭނުންވެގެން ވޯޓު ލުން ނިމިއްޖެ: ޝަހީމް
ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް
65 އަހަރުގެ އިސްލާހާ މެދު އޮތީ ޚިޔާލު ތަފާތުވެފައި
ވަގަށް ގޮވަން ވާނީ ސާބިތުކޮށް ދީފައި: ރައީސް
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ކާން ދޭ އަތުގައި އަޅުގަނޑު ދަތް އެޅިން: ސައީދު
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟