23 އޯގަސްޓް 2018
އެމަނިކުފާނާއި ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ދިމާއަށް ކިތަންމެ ވަރަކަށް ވެސް ވަގަށް ގޮވައި، އަބުރާ ބެހެވިދާނެ ކަމަށާއި އެކަމަކު ވަގަށް ގޮވަން ވާނީ އެކަން ސާބިތުކޮށް ދީފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނާއި ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ދިމާއަށް ކިތަންމެ ވަރަކަށް ވެސް ވަގަށް ގޮވައި، އަބުރާ ބެހެވިދާނެ ކަމަށާއި އެކަމަކު ވަގަށް ގޮވަން ވާނީ އެކަން ސާބިތުކޮށް ދީފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގެ 16 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމަށްވާ ނަމަ އެ ވާހަކަ ދެއްކުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އަބުރާ ބެހެވިދާނެ. އަދި މިވެނި ކަންކަން ނުވެއޭ ކިޔާފައި ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކިދާނެ. އަދި އެ ބޭފުޅުން [އިދިކޮޅު ސިޔާސީ މީހުން] ހިތްވަރު ދެއްވާފައި މިއަދު ވެސް ކޮންމެ ވެސް ޓުވީޓެއްގައި ވިދާޅުވި ވަގުންނާ ދިމާއަށް ވަގުންނޭ ބުނެވޭނެއޭ. ކޮރަޕްޝަނާ ދިމާއަށް ކޮރަޕްޝަނޭ ބުނެވޭނެއޭ. ޝައްކެއް ވެސް ނެތް ބުނެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު މައްސަލައަކަށް ވަނީ ވަގުންނާ ދިމާއަށް ވަގުންނޭ ބުނާ އިރު އެބަޖެހޭ ސިޔާސީ ލީޑަރުން ކަމަށް ވަންޏާ ވިސްނާލަން އެ މީހެއްގެ ވައްކަން ސާބިތުކޮށްލައްވާ ފުރަތަމަ."
ރައީސް ވިދާޅުވި ގޮތުގައި ބަޔަކާ ދިމާއަށް އިނގިލި ދިއްކުރާ އިރު، އެ ބައެއްގެ ތެރޭގައި ކޮށްފައި ހުރި ކަންކަމަށް ރިއާޔަތް ނުކޮށް އެފަދަ ވާހަކަތައް ދައްކާކަށް ނުވާނެ އެވެ.
ރައީސް ޔާމީން، ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ރައީސް ޔާމީން ވިދާޅުވީ، ދެން މަނިކުފާނު ބައިވެރިވަޑައިގަންނަވާ ޖަލްސާއެއްގައި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަރަށް ފުރިހަމަށް ރައްދު ދެއްވާނެ ކަމަށެވެ. އަދި ބައެއް ބޭފުޅުންގެ ނަންތައް ވެސް އެ ޖަލްސާއެއްގައި ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މީގެ ހުރިހާ ތަފުސީލެއް އަޅުގަނޑު ނަންނަން ކިޔާފައި އަރުވާނަން،" ވަރަށް ގިނަ ބަޔަކު ހާޒިރުވެ، ރައީސް ޔާމީނަށް މަރުހަބާ ކީ ހަފުލާގައި އެމަނިކުފާނު ވިދާޅުވި އެވެ.
"...އަޅުގަނޑުމެން ކަންކަން ކުރަނީ ގާނޫނީ ހަމަތަކުގެ މަތިން. މީހެއްގެ ފައިސާއެއްގެ މައްސަލައެއް އޮތިިއްޔާ، މީހެއްގެ ފައިސާގައި ޖެހިފައި އޮތިއްޔާ އަޅުގަނޑުމެން އެކަން ކުރާ ގޮތް އަޅުގަނޑުމެން ދަންނަވާނަން. އަޅުގަނޑުމެން ފައިސާ ހޯދަން ދާނީ ޝަރީއަތަށް. އަޅުގަނޑުމެން މީހުންގެ ގެދޮރު ވަކިކުރަން ދަނީ މަޖިލިސް ކުރިމަތީ ބިންމަތީގައި ކާޕެޓް އަޅައިގެން ސިޓީ ކައުންސިލްގެ ޖަލްސާތަކުންނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު މ. ކިނބިގަސްދޮށުގެ ސަރުކާރަށް ނެގުމަށް އެ ޕާޓީގެ މެމްބަރުން ހިމެނޭ މާލޭ ސިޓީ ކައުންސިލުން ނިންމި ބައްދަލުވުމަށެވެ. އެ ބައްދަލުވުން ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތިން މަގުމަތީގައި އިށީނދެ ތިއްބަވައިގެންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ޝަރުއީ ނިޒާމަށް އިތުބާރު ކުރައްވާ ކަމަށާއި ކަންކަން ނިންމަން ވާނީ ވެސް ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށެވެ.
"އެހެންވެ ހަމަ މިސާލެއްގެ ގޮތުގައި ދަންނަވާލާނަން އޭރު ޚާރިޖީ ވަޒީރަށް ހުންނެވި ޑރ. އަހުމަދު ޝަހީދުގެ ކައިރިން އެ ބޭފުޅުން އައްސަވަންވީ ނޫންތޯ އެ މަނިކުފާނަށް [ފައިސާގެ މައްސަލައެއްގައި] ސިޓީއެއް ދިޔަތޯ. އަދި އެމަނިކުފާނުގެ ވުޒާރާގެ ނޫނީ އެ މަނިކުފާނު ޖެހިވަޑައިގެންނެވި ކަމަށް ނޫނީ އެ މަނިކުފާނު ދައްކަވަން ޖެހޭ ކަމަށް ބަޖެޓް ރިޕޯޓްގައި އޮތް ފައިސާ އެމަނިކުފާނު ދެއްކެވިތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސިޓީ ފޮނުވިން. އޭނަ ވަނީ ފައިސާ ދައްކަވާފައި."
ރައީސް ޔާމީން ކުޅުދުއްފުއްޓަށް ރޭ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔަ ބަޔަކާ ސަލާމް ކުރައްވަނީ: ވަރަށް ގިނަ ބަޔަކު ވަނީ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔާފައި.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަވަނީ ތަފާސްހިސާބުގެ އަލީގައި ކަމަށެވެ. އަދި ވިދާޅުވީ، ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ދައްކާ ނަމަ، ދެ ފަރާތުން ވެސް އެ ވާހަކަ ދައްކަންވީ ކަމަށެވެ.
"އަދި އެ ބޭފުޅުންނަށް [އިދިކޮޅު ފަރާތްތަކަށް] މިހާރު ފައިސާ ލިބިވަޑައިގަންނަވާ ގޮތް ވެސް ވިދާޅުވެ ދެއްވަންވީ ނޫންތޯ؟" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެގި، އެމްއެމްޕީއާރްސީގެ ފައިސާ އިން އިދިކޮޅު ބޭފުޅުންނަށް ބައި އެޅިފައިވާ ނަމަ އެ ވާހަކަ ވެސް ދައްކަވަން ޖެހޭނެ ކަމަށެވެ.
"އަދި އެ ފައިސާ ފޮރުވާފައި ހުރި ތަނެއް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށް ވަންޏާ ކީއްވެތޯ އޭސީސީ އަށް ވަޑައިގެން އެ ވާހަކަ ވިދާޅު ނުވަނީ؟. އެއީ ސިއްރު ވާހަކައަކަށް ވެގެނެއް ނުވާނެ." ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މި ކަހަލަ ވާހަކަތަކެއް ދެން އަންނަ ޖަލްސާއެއްގައި އަޅުގަނޑު ތަފުސީލު ކުރާނަން. ބައެއް ބޭފުޅުންގެ ނަން ވެސް ދަންނަވާނަން."
އަޅުގަނޑުގެ ހުވަފެނުގައި ދަނީ ކުލަޖެހެމުން: ރައީސް
ގާސިމްގެ ގިނަ މައްސަލަތައް ހުރީ މަޑުޖެހިފައި: ވަކީލުން
ގާސިމަކީ ކުރު މަގުން އިންސާފު ހޯދާ ބޭފުޅެއް: ރައީސް
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
ސަރުކާރާއި ޖުޑީޝަރީ މައްސަލަތަކާއެކު ޔާމީން އީޔޫ އަށް
ކޯޓުތަކުން މުއްދަތު ޖަހާގޮތުން ޔާމީންގެ ނުރުހުން
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު