12 ނޮވެމްބަރ 2017
ހދ. ކުޅުދުއްފުށީގެ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކުން އިފްތިތާހު ކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީން މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ހދ. ކުޅުދުއްފުށީގެ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކުން އިފްތިތާހު ކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީން މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ބިން ހިއްކުމަށް އެ ރަށަށް ގެންގޮސްފައި އޮތް އެމްޓީސީސީގެ ބިޔަ ކޮންނަ ބޯޓު، މަހާޖައްރާފް ވެސް އިފްތިތާހު ކޮށްދެއްވާނެ އެވެ. ކުޅުދުއްފުށީގެ ކުޅި ހިއްކުމަކީ މަހާ ޖައްރާފްގެ ފުރަތަމަ މަސައްކަތެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެ ރަށުގައި މިރޭ ބާއްވާ ޕީޕީއެމްގެ "އުދުހޭ" ޖަލްސާގައި ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނިކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ/ ރައީސް އޮފީސް
އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެ ރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމާފަ އެވެ. ގިނަ ދިރުންތަކެއް ހުރި އަދި ކުޅުދުއްފުއްޓާ އެތައް ގޮތަކުން ގުޅިފައިވާ އެ ރަށު ކުޅި ހިއްކަން ނިންމުމުން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކަަމަކު އެ ރަށުގެ ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް އެ މަޝްރޫއުއަށް ތާއީދުކުރެ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހެދި އީއައިއޭ އިން ދައްކާ ގޮތުން ކުޅި ހިއްކައިފި ނަމަ އެ ރަށުގައި ފެންބޮޑުވުން ފަދަ ތިމާވެށީގެ މައްސަލަތައް ދިމާވާނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ މައްސަލަތައް ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ.
ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!
ރައީސް ޔާމީން ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ބިން ހިއްކަން ފަށައިފި
ތިން ރަށެއްގެ އެއާޕޯޓުގެ މަސައްކަތް ފަށާނަން: ރައީސް
އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓު ހުޅުވާނެ: ރައީސް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ނައިބު ރައީސް އުތުރުގެ ތިން ރަށަކަށް ފުރާވަޑައިގެންފި
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް