މި ސަރުކާރުގެ ބަޖެޓު "ނެތް" ކަމަށް ވިދާޅުވެ، މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވައަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
05 އޮކްޓޯބަރ 2019
މި ސަރުކާރުގެ ބަޖެޓު "ނެތް" ކަމަށް ވިދާޅުވެ، މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވައަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކ. ހިންމަފުށީގައި ބޭއްވި ޖަލްސާގައި ޔާމީން އިޝާރާތް ކުރެއްވި ލަވައަކީ ދިވެހިންގެ ގިނަ ބަޔަކަށް ކަމުދިޔަ "ވަގުތު ނެތޭ، ވަގުތު ނެތޭ" މި ލަވަ އަށެވެ. އެކަމަކު، އެ ލަވައިގައި ބުނާ އެ އިބާރާތުގެ ބަދަލުގައި ޔާމީން ބޭނުން ކުރެއްވީ "ބަޖެޓު ނެތޭ، ބަޖެޓު ނެތޭ" މި އިބާރާތެވެ.
ޖަލްސާގައި ޔާމީން ވަނީ މޭނާ ހައްސާންގެ އެ ލަވައިގެ އިބާރާތް އެގޮތަށް ބަދަލުކޮށްގެން އެއް ކަޑި ކިޔުއްވައިފަ އެވެ. ބެލެވޭ ގޮތުގައި ޔާމީން އެ އިޝާރާތް ކުރެއްވި ވާހަކައަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ކަމަށް ބުނެ ދައްކާ ވާހަކައަށެވެ. އަދި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
"ކެޔޮޅު ކިތަންމެ ދަތަސް، ފަޅުވެރިން ކިތަންމެ ގިނަޔަސް، ވަގުތު ނެތޭ ބުނާހެން، ބަޖެޓު ނެތޭ، މިއީ ނޫންތޯ މިކަން ވާ ގޮތަކީ؟" ޖަލްސާގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ބަޖެޓު ހުސްވީމަ، ކަމެއް ކުރާނީ ކިހިނެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީގެ މަޝްރޫއުތައް "ބަންޑުންވެގެން" ގޮސްފައި ނުވާ ކަމަށެވެ. އޭރުގައި ސަރުކާރުން ކުރީ ވަރަށް ބަލައިގެން ކޮންމެހެން ކުރަން ޖެހޭ ކަންކަން ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތަކަށް ތަރައްގީގެ މަޝްރޫއުތައް ފެތުރިގެން ދިޔައީ ފަހު ތިން އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑު ދަރަންޏެއް އޮތް ކަމަށްވާ ނަމަ، ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ދަރަނި އަދާކުރުމުގެ މަސައްކަތްކޮށް، "އަޑިގަޑުން" އަރައިގަނެވޭ ވަރަށް މާލިއްޔަތު ބިނާ ކުރެވުނީމަ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. ވެރިކަމުގައި އެ ބުރަ އުފުލަން ޖެހުމާ ގުޅިގެން ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރަން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ދިއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޕީޕީއެމް
"މުރުއްވަތްތެރިން، ބުއްދިވެރިން ކަންކަން ކުރާ ގޮތަކީ ދަރަނި އަދާކުރެވޭ މިންވަރަށް މާލިއްޔަތު ގެންގޮސްފައި ދެން އެ ހިސާބުން އޭގެ ފަހުން ތަރައްގީގެ މަޝްރޫއުތައް ހިނގާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖެއަކީ އިގްތިސާދީ ގޮތުން މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމަށް ހަދަން ވޭތުވެދިޔަ ފަސް އަހަރު ދުވަހު މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ މި ސަރަހައްދުގައި އޮތް ވަރަށް ތަރައްގީކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި އިދިކޮޅު ޕީޕީއެމަށް މެމްބަރުން އިތުރުކުރަން އެ ޕާޓީން ސިލްސިލާކޮށް ކުރާ ދަތުރުތަކުގައި ކ. އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހިންމަފުށީގައި ހުންނަވައި ޔާމީން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ސަރުކާރަށް ހިންގޭނީ މަސައްކަތްތަކެއް ކުރީމަ ކަމަށެވެ. ވަސީލަތެއް ނުލިބޭނެއޭ ކިއާފައި ތިއްބަސް، އެއްވެސް ކަމެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަސީލަތަކީ ހޯދަން މަސައްކަތް ކުރީމަ ﷲ ތަނަވަސްކޮށް ދެއްވާ އެއްޗެއް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް
ހުރިހާ ކަމަކަށް އަތްބާނައި ނިޒާމް ފުނޑާލައިފި: ޔާމީން
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
ސަރުކާރުން ތަރައްގީ އަށް ފުރޮޅި ގާކޮޅެއް ނެތް: ޝިޔާމް
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް