ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެއްވެސް ޑީލެއްގެ ދަށުން ދޫކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ލުޔެއް ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާތައް ނިމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
11 ނޮވެމްބަރ 2020
ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެއްވެސް ޑީލެއްގެ ދަށުން ދޫކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ލުޔެއް ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާތައް ނިމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުކުމް ތަންފީޒުކުރާ މީހުންނާ މެދު ގައުމުގެ ވެރިޔާ އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ގޮތްތައް ގާނޫނުތަކުގައި ލިއެފައި އެބަ އޮތް ކަމަށެވެ. މިހާރު ގާނޫނީ ގޮތުން ރައީސަށް މާފެއް ނުދެއްވޭ ކަމަށާއި ދެއްވޭނީ ލުޔެއް ކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެ ލުއި ދެއްވުމާ ހިސާބަށް ދެވޭނީ ކޯޓުތަކުން ހުރިހާ މަރހަލާއެއް ނިމުމުންނެވެ.
"ރައީސް ޔާމީންގެ އެއް މައްސަލަ އެ އުޅެނީ ހައި ކޯޓުގައި، އަނެއް މައްސަލަ ދަށު ކޯޓުގައި. އެހެންވީމަ އަޅުގަނޑަށް ރައީސް ޔާމީންގެ މައްސަލައާ ބެހޭ ގޮތުން ކަމެއް ކުރެވޭނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީނަށް ލުއި ދެއްވުމުގައި، އެ މަރުހަލާތަކުގެ ބޭރުން ކުރެއްވޭނެ ކަމެއް ނެތެވެ.
"އެއްވެސް ޑީލެއްގެ ދަށުން ބަންދުގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިން މައްސަލައެއްގަ އެވެ. އެއީ ނުހައްގުން އުފުލި ސިޔާސީ ދައުވާއެއް ކަމުގެ ތުހުމަތާ އެކު އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް އިދިކޮޅުން ކުރަނިކޮށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުފަށަ އެވެ.
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
ޔާމީން ޖަލަށްލައި އަދީބު ގޭގައި ހުރުމަކީ ހަދިޔާއެއް!
ހުރިހާ "ހިބަރު" ބާނައި ނިމިއްޖެ: ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ކޯޓުތަކުގެ ހުކުމްތައް މިހާރު މިނިވަންވާނެ: ރައީސް
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!