އިންޓަނޭޝަނަލް ކައިޓް ފެސްޓިވަލް މި އަހަރު ވެސް ރާއްޖޭގައި ބޭއްވުމަށް ކޮކޫން މޯލްޑިވްސް އިން ނިންމައިފި އެވެ.
13 ސެޕްޓެމްބަރ 2019
އިންޓަނޭޝަނަލް ކައިޓް ފެސްޓިވަލް މި އަހަރު ވެސް ރާއްޖޭގައި ބޭއްވުމަށް ކޮކޫން މޯލްޑިވްސް އިން ނިންމައިފި އެވެ.
އެމްއެމްޕީއަރުސީއާ ގުޅިގެން ކޮކޫން މޯލްޑިވްސް އިން މި ހަރަކާތް ބައްވާ މިއީ ދެވަނަ އަހަރެވެ. މިއީ ދުނިޔޭގެ މަޝްހޫރު ގުޑި އަރުވާ މީހުން ބައިވެރިވާ ފެސްޓިވަލެކެވެ. އެގޮތުން މި އަހަރުގެ ފެސްޓިވަލްގައި ގުޑި އެރުވުމުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ އެޑީ އެންޖެލީނޯ އާއި ގިލިއާމް ލިނަރެސް ޕަލައު އާއި ޑެނިއެލް ވައި ޔޫ ބައިވެރިވާނެ އެވެ.
ކޮކޫން މޯލްޑިވްސް އިން ބުނީ މި އަހަރުގެ ފެސްޓިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ފެސްޓިވަލް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގައި މާލޭގެ އެކުވެނި ސްޓޭޑިއަމުގައި ކަމަށް އެ ރިސޯޓުން ބުންޏެވެ.
ދެވަނަ އިވެންތޫ ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރުގަ އެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިއީ ގުޑި އަރުވަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފުރުސަތެއް ކަމަށް ކޮކޫން މޯލްޑިވްސް އިން ބުންޏެވެ. އެގޮތުން މި ފެސްޓިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާ ލިބޭނެ ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.
މި މަހުގެ 28 އިން ފެށިގެން 3 އޮކްޓޯބަރުގެ ނިޔަލަށް ކޮކޫން މޯލްޑިވްސްގައި ވެސް މި ފެސްޓިވަލްގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ އެވެ.
ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެއަށް
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
"ރާއްޖޭގެ އަމާޒަށް ވާސިލްވާން ލިވަޕޫލުން އެހީތެރިވާނެ"
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!