އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމާއެކު، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމުގައި އެ ކްލަބުން އެހީތެރިވެދޭނެ ކަމަށް އެ ކްލަބްގެ ލެޖެންޑް އިޔަން ރަޝް ބުނެފި އެވެ.
04 އެޕްރީލް 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމާއެކު، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމުގައި އެ ކްލަބުން އެހީތެރިވެދޭނެ ކަމަށް އެ ކްލަބްގެ ލެޖެންޑް އިޔަން ރަޝް ބުނެފި އެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
ލިވަޕޫލްގެ ރަސްމީ ދަނޑު އެންފީލްޑްގައި، މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ބައިވެރިވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން އިޔަން ރަޝް ބުނެފައިވަނީ މި ކެމްޕެއިން ލޯންޗުކުރުމުގެ ތެރެއިން ރައީސަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ.
ލިވަޕޫލްގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހިކަމުގެ ރެކޯޑު އޮތް ކުޅުންތެރިޔާ ބުނެފައިވާ ގޮތުގައި، އެ ކްބަލާއެކު ވިޒިޓް މޯލްޑިވްސް އިން މިފަދަ ކެމްޕެއިނެއް ފެށުމަކީ ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ތެރެއިން ދެ ފަރާތުން ވެސް ގަބޫލުކުރާ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޯލުތަކަށް ވާސިލްވުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ގެންގުޅޭ ޕޮލިސީތަކަށް ތައުރީފްކުރަމުން އޭނާ އިތުރަށް ބުނީ، ލިވަޕޫލުގެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމަށް ގެންގޫޅޭ "ދަ ރެޑް ވޭ" ގެ ތެރެއިން ހޭލުންތެރިކަން އުފައްދައި ރާއްޖޭގެ އަމާޒަށް ވާސިލް ވުމަށް އެ ކްލަބް އެހީތެރިވެދޭނެ އެވެ.
އެންފީލްޑަށް ކުރި ޒިޔާރަތުގެ ތެރެއިން ރައީސް، އިއަން ރަޝް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ވިޒިޓް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއަށް ވެސް މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާނެ އެވެ. ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވަނީ ރާއްޖޭގެ އިޝްތިހާރުކޮށްފަ އެވެ. ދަނޑުގެ ލެޑް ޕެނަލްތަކުގެ އިތުރުން ލިވަޕޫލްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 ޓޫރިސްޓުން އަންނާނެ އެވެ. އަދި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާ ކުރެ އެވެ.
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖެއިން 168 މަންދޫބުން
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި