16 ޖޫން 2019
އަލުން ވުޖޫދަށް ގެނައި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ އެންމެ މުހިންމު އެއް ކަމަކީ ޝަރުއީ ނިޒާމާ މެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށް އެ ޖަމިއްޔާގެ ރައީސް ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު ވިދާޅުވެއްޖެ އެވެ.
އަލުން ވުޖޫދަށް ގެނައި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ އެންމެ މުހިންމު އެއް ކަމަކީ ޝަރުއީ ނިޒާމާ މެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށް އެ ޖަމިއްޔާގެ ރައީސް ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ 11 އަހަރު ކުރިން ފެށިގެން ރަޖިސްޓަރީ ކޮށްފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އަލުން އެކުލަވާލައި ޔޫތު މިނިސްޓްރީ އަށް މިއަދު ހުށަހަޅާފައިވާއިރު، އެ ޖަމިއްޔާގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމު ވެސް ފުރުއްވާ ޝުއައިބު ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާގެ އަމަލީ މަސައްކަތް ފެށުމަކީ އެތައް ފަނޑިޔާރުންނެއްގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ޚާއްސަކޮށް ފަނޑިޔާރުންނަށް ކުރިމަތިވާ ދަތިތަކާއި މައްސަލަތައް ފަނޑިޔާރުންގެ ޖަމިއްޔާ މެދުވެރިކޮށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހައްލެއް ހޯދުމަކީ ފަނޑިޔާރުންގެ އެދުމެއް ކަމަށް ޝުއައިބު ވިދާޅުވި އެވެ.
"އެހެން ދާއިރާތަކުގައި ވެސް މައްސަލަ ހުންނަ ގޮތަށް ޝަރުއީ ދާއިރާގައި ވެސް އެބަހުރި މައްސަލަތައް. ފުރަތަމަ ކަމަކަށް މައްސަލަތައް ހުރި ކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ. އެކަން ގަބޫލުކޮށްގެން މައްސަލަތަކަށް ހައްލު ލިބޭނީ،" ޝުއައިބު ވިދާޅުވި އެވެ.
"އެހެންވީމާ ޝަރުއީ ދާއިރާ އަށް އާންމުން ކުރާ އިތުބާރު އަލުން ހޯދައި އެ އިތުބާރު ދެމެހެއްޓުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. އެއީ މި ޖަމިއްޔާ އިން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް."
އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންމެވެސް ސަބަބުތަކާ ހެދި ނަމަވެސް ޝަރުއީ ދާއިރާގެ އިތުބާރު އާންމުންގެ ކުރިމަތީގައި ވަނީ ގެއްލިފަ އެވެ. އެހެންވެ އެ ސަބަބުތައް ދެނެގަނެ ޝަރުއީ ދާއިރާގެ އިސް ބޭފުޅުންގެ ސަމާލުކަމަށް އެކަންކަން ގެންނަވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.
ކޯޓުތަކުގެ ބައެއް ފަނޑިޔާރުން: ފަނޑިޔާރުންގެ ޖަމިއްޔާ އަލުން ވުޖޫދަށް އައުމަކީ ޝަރުއީ ނިޒާމުގެ ކަންކަން އިސްލާހު ވުމުގެ ފެށުން ކަމަށް އެ ޖަމިއްޔާ އިން ބުނޭ.---ފޮޓޯ: މިހާރު
"އެކަން އަޅުގަނޑުމެން ކުރަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ވެރިންގެ އެއްބާރުލުމާއި ރުހުމާ އެކު. ޝަރުއީ ދާއިރާގެ ވެރިންގެ ސަމާލުކަމަށް މައްސަލަތައް ގެނެސް އޭގެ ސަބަބުތައް އަޅުގަނޑުމެން ކިޔައިދޭނަން. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާއިރު ޝަރުއީ ދާއިރާގެ ވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. އުއްމީދު ކުރަން އެކަން އެގޮތަށް އޮންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝުއައިބު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ޖަމިއްޔާ ހިންގާނީ އެ ޖަމިއްޔާގެ ހަ މަގުސަދުތަކާ އެއްގޮތަށެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާ އަލުން ވުޖޫދަށް އައުމަކީ އެ އާއިލާގެ މީހުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި އެއީ ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމުގެ ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ފަނޑިޔާރުން ބޭނުންވާ ކަންކަން އިސްލާހު ކުރުމަށް މިއީ ރަނުގެ ފުރުސަތެއް،" މަހާޒް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އަލުން ވުޖޫދަށް މި ގެނައީ، ސުޕްރީމް ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމެއްގެ ތެރޭގައި އޮތް ހައްސާސް ދަނޑިވަޅެއްގައި ކަން ފާހަގަކުރައްވަމުން މަހާޒް ވިދާޅުވީ ޝަރީއަތްތައް އަވަސް ކުރުމާއި އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތައް ކުރިމަގުގައި ފެންނާނެ ކަމަށެވެ.
"ޖަމިއްޔާ އުފެދުމުން އަންނަ ހެޔޮ ބަދަލުތައް އިރާދަކުރެއްވިއްޔާ ފަނޑިޔާރުންނާއި އާންމުންނަށް ވަރަށް އަވަހަށް ފެންނާނެ. މިހާރު އެކުލާވާފައިވާ ހިންގާ ކޮމިޓީ އަކީ ވަރަށް ގާބިލް ކޮމިޓީއެއް. އަޅުގަނޑު އުންމީދު ކުރި ވަރަށް ވުރެ ވެސް މާ ގާބިލް ހިންގާ ކޮމިޓީއެއް މިއީ،" އޭނާ ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ވެރިންގެ އެއްބާރުލުމާއި ރުހުމާ އެކު. ޝަރުއީ ދާއިރާގެ ވެރިންގެ ސަމާލުކަމަށް މައްސަލަތައް ގެނެސް އޭގެ ސަބަބުތައް އަޅުގަނޑުމެން ކިޔައިދޭނަން. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާއިރު ޝަރުއީ ދާއިރާގެ ވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. އުއްމީދު ކުރަން އެކަން އެގޮތަށް އޮންނާނެ ކަމަށް،" ޝުއައިބު
މަހާޒް ވިދާޅުވި ގޮތުގައި ކޯޓުތަކުގައި ހުންނަ ވަކިވަކި މައްސަލަތަކާ ބެހޭ ގޮތުން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވާހަކައެއް ނުދައްކާނެ އެވެ. އެކަމަކު ޝަރުއީ ނިޒާމުގައި ހުންނަ ޖުމްލަ މައްސަލަތަކާ ގުޅޭ ގޮތުން ޝަރުއީ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާކޮށް ހިޔާލު ހުށަހަޅމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ވަކި ފަނޑިޔާރެއްގެ މަސްލަހަތަށް ވުރެ މުޅި ޖަމާއަތުގެ މަސްލަހަތު އަޅުގަނޑުމެން އިސް ކުރާނީ،" ފަނޑިޔާރުންގެ ޖަމިއްޔާ އަކީ ކަންކަން އިސްލާހު ކުރުމުގެ ފެށުންކަން ފާހަގަކުރައްވަމުން މަހާޒް ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު 194 ފަނޑިޔާރަކު ޖޭއެސްސީގައި ރަޖިސްޓަރީ ކޮށްފައިވާއިރު، 115 ވަރަކަށް ފަނޑިޔާރުންނަކީ ޖަމިއްޔާގެ މެމްބަރުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ،
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ޝުއައިބު
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ފަނޑިޔާރު ސުއޫދު
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް: ފާއިޒް
ލޮބީކުރުމުގެ ނަތީޖާ ޖުޑިޝަރީގައި ރަނގަޅު: ސުއޫދު
"ފަނޑިޔާރުންނަށް މިނިވަން ކޮމިޝަނެއް އޮންނަންޖެހޭ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޝަރީއަތަކީ ޖޯކެއް ކަމަށް ފެނިގެން ނުވާނެ: ސުއޫދު
36 އަހަރު ވީއިރު ވެސް ދައްކަނީ އެއް ވާހަކައެއް!