13 ޖޫން 2019
ކުރިން އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިޚާބުވެ، އެ ޖަމިއްޔާގެ ހިންގާ ކޮމެެޓީގެ އިތުރު މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބުކޮށްފި އެވެ.
ކުރިން އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިޚާބުވެ، އެ ޖަމިއްޔާގެ ހިންގާ ކޮމެެޓީގެ އިތުރު މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބުކޮށްފި އެވެ.
ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އެ ޖަމިއްޔާގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ވަނީ ދީފަ އެވެ. އެހެންވެ، އެ ހިންގާ ކޮމެޓީގެ އިންތިޚާބު އަންނަ އާދިއްތަ ދުވަހު ބާއްވަން އޮތީ ނިންމައިފަ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު އިއުލާނެއްގައި ބުނީ އެ ޖަމިއްޔާގެ ރައީސް ކަމަށް ފަނޑިޔާރު ޝުއައިބު އިންތިޚާބުވެ ވަޑައިގަތީ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިތުރު ބޭފުޅަކު އެ މަގާމަށް ވާދަ ނުކުރައްވާތީ ކަމަށެވެ. ރައީސްގެ މަގާމުގެ އިތުރުން ނައިބު ރައީސާއި ހިންގާ ކޮމެޓީގެ އިތުރު ހަ މަގާމަކަށް ވެސް ބޭފުޅުން ހޮވިވަޑައިގަތީ، އިތުރު ބޭފުޅަކު ވާދަނުކުރައްވާތީ އޮޓަމެޓިކުންނެވެ.
އެގޮތުން ނައިބު ރައީސް ކަމަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހޮވިވަޑައިގަތްއިރު، ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިވަޑައިގަތީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރެވެ. އަދި އިންތިޒާމް ސެކްރެޓަރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން އަދި ޚަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދާއި ޚަޒާންދާރުގެ އެހީތެރިޔާ ކަމަށް ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދާއި ތަރުޖަމާނު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވަނީ އިންތިޚާބުވެފަ އެވެ.
ހިންގާ ކޮމެޓީގެ ހަތް މަގާމަކަށް އޮޓަމެޓިކުން ބޭފުޅުން އިންތިޚާބު ވިޔަސް، އެ ކޮމެޓީއަށް އައްޔަންކުރާ އިތުރު މެމްބަރުންގެ ހަތަރު މަގާމަށް ހަތް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އިންތިޚާބު ކުރުން އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ކުރިން އުފެދިފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ އިންތިޚާބު ކުރިއަށް ދާއިރު، ޖުޑީޝަލް ކައުންސިލުން ވެސް ވަނީ ފަނޑިޔާރުން ޖަމިއްޔާއެއް އުފައްދަން ނިންމައި، ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ. އެކަމަކު ކުރީގެ ޖަމިއްޔާ ދެމި އޮއްވައި އާ ޖަމިއްޔާއެއް ހަދަން ހުށަޅާފައިވާތީ، އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނެފައިވަނީ ކުރިން އުފެދިފައި އޮތް ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އުފެދިފައި އޮތް ޖަމިއްޔާއެއް ނޫން ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ފަރާތްތަކަށް ޖަމިއްޔާ އުފެއްދެނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށްވާއިރު، އެފަދަ ހުއްދައެއް ކުރިން އުފެދިފައި އޮތް ޖަމިއްޔާ އަށް ދީފައި ނުވާނެ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
އެންމެ މުހިންމު އެއް ކަމަކީ އިތުބާރު ހޯދުން: ޝުއައިބު
ގާނޫނާހިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟
"ނިޒާމުގެ ފައިދާ ލިބޭނީ ވަސީލަތްތައް ލިބިގެން"
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަދުރޭ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!