ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެ ކޮމިޝަންގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މަސައްކަތް ފަށައިފި އެވެ.
19 މެއި 2025
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެ ކޮމިޝަންގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މަސައްކަތް ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރު ނިޔާޒާ ގުޅޭ ގޮތުން ޖޭއެސްސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އޭގެ ތެރޭގައި އޭނާ މެޖިސްޓްރޭޓް ކަން ކުރެއްވި ދުވަސްވަރުގެ މައްސަލައެއް ވެސް ހިމެނެ އެވެ. މި ދެ މައްސަލައަކީ ވެސް މީގެ ކުރިން ޖޭއެސްސީން ނުބަލަން ނިންމާފައިވާ ދެ މައްސަލަ އެވެ.
ގާޒީ ފަރުހާދާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅީ، އެނގިފައިވާ ގޮތުގައި ޑިސްޕިއުޓް މަރުހަލާގައި ނިންމި ނިންމެއްގައި އޮތް ލިޔުމުގެ ކުށެއްގެ މައްސަލައެކެވެ. އެކަން ހައި ކޯޓުގެ ސަމާލުކަމަށް ވެސް އެ ދުވަސްވަރު ގެނައުމާ އެކު، ގާޒީ ފަރުހާދު ކުރެއްވި ހުކުމުގައި އޮތީ ލިޔުމުގެ ކުށެއް ކަމަށް އެ ކޯޓުން ވެސް ނިންމި އެވެ. އަދި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ފަހުން އެ ނިންމުމުގައި ޖެހުނު ކުށް ވެސް ސިވިލް ކޯޓުން އިސްލާހުކުރި ކަމަށް އެނގިފައި ވެ އެވެ. އަދި އެއީ ވެސް ޖޭއެސްސީން ކުރިން ގޮތް ކަނޑައަޅާފައި އޮތް މައްސަލައެކެވެ.
އެކަމަކު، މި ތިން މައްސަލައެއް ވެސް އަނެއްކާވެސް މިހާރު އޮތީ ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގަ އެވެ. އެ ކޮމިޓީން ވަނީ ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ ފަރާތުން މައްސަލައާ ގުޅޭ މައުލޫމާތުތައް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސާފުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމަން ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅަން އެ ކޮމިޓީން ދަނީ ތައްޔާރުވަމުންނެވެ.
ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރެވެ. އަދި ގާޒީ ފަރުހާދަކީ ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ގާޒީ އެވެ.
އެ ދެ ބޭފުޅުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިމިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީގައި ނެގި ވޯޓުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނިކޮށެވެ. އެގޮތަށް ވޯޓު ދެއްވީ ވެސް އެ ދެ މެންބަރުން އެކަންޏެވެ.
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒުގެ މައްސަލައެއް ބަލަނީ
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލައިފި
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ހައިކޯޓާއި ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި