06 އޮކްޓޯބަރ 2024
ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ ގޮތަށް އަދި އެފަދަ މައްސަލަތައް ކޯޓުތަކަށް ނުބެލޭ ގޮތަށް ޖޭއެސްސީގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ ގޮތަށް އަދި އެފަދަ މައްސަލަތައް ކޯޓުތަކަށް ނުބެލޭ ގޮތަށް ޖޭއެސްސީގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ޖޭއެސްސީން ނިންމާ ނިންމުންތައް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ރިވިއު ކުރުމުގެ ބާރު އޮތް ނަމަވެސް، ފަނޑިޔާރުން ވަކިކުރަން ނިންމާ ނިންމުންތައް އެ މަޖިލީހަކަށް އަދި އެއްވެސް ކޯޓަކަށް ނުބެލޭނެ އެވެ.
ގާނޫނުގެ އެ މާއްދާތައް ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރުގެ މެޖިސްޓްރޭޓް އަލީ ނަސީރެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ޖޭއެސްސީން ކުރިން ވަނީ އޭނާ މަގާމު ދަށްކޮށް، މެޖިސްޓްރޭޓަކަށް ބަދަލުކޮށްފަ އެވެ.
ޖޭއެސްސީގެ ގާނޫނުގެ އެ މާއްދާތައް ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ބުނެ ހުށަހެޅި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުގެ އިޖްރާއީ ނުކުތާއެއް ނެގީ އެ މައްސަލައަކީ ދައުލަތުގެ ތިން ބާރު ވަކިވުމުގެ އުސޫލާ ހިލާފް މައްސަލައެއް ކަމަށް ބުނެ އެވެ. އަދި އޭގެ އިތުރުން އެކަމަކީ ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށްވާތީ އެފަދަ މައްސަލަތައް ފަނޑިޔާރުންނަށް ނުބެލޭނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.
ނަމަވެސް ހައި ކޯޓުގެ މިއަދު ނިންމި ނިންމުމުގައިވަނީ އެ މައްސަލައަކީ އަދުލުވެރިކަމާ އެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އަދި އެފަދަ މައްސަލަތައް ބެލުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެއްވެސް ފަނޑިޔާރަކަށް އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ބަލަން ފަށައިފި ނަމަ ހައްގު ހޯދުމަށްޓަކައި މައްސަލަ ހުށަހަޅާނެ އެހެން މުއައްސަސާއެއް ނެތި، ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ދުސްތޫރީ ކޮންމެ މައްސަލައަކީ ވެސް ގިނަ ބައެއްގެ ހައްގުތަކާ ގުޅުންހުރި މައްސަލައެއް ކަން ފާހަގަކޮށް، އެ ނިންމުމުގައިވަނީ އެފަދަ ކޮންމެ މައްސަލައެއްގައި ވެސް އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ފަނޑިޔާރުންގެ މަސްލަހަތުތަކެއް އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި މުޅި އެ މައްސަލައަކީ ފަނޑިޔާރުންގެ މަގާމާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ނިންމައި އަދި އެ މައްސަލައަށް ޖަވާބުދާރީވާން ދައުލަތަށް އެންގީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފަރުހީޒާ އެވެ.
ސުލޫކީ ފިޔަވަޅު ރިވިއުކުރާ މަޖިލީހަށް ފަނޑިޔާރު ޝަފީއު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
ވަރިވާން ދިޔަ މީހަކަށް ގުޅި ގާޒީގެ އެހެން މައްސަލައެއް
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޑް
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
މައްސަލަ މަދުވަނީ ހެޔޮ ބަދަލެއް އައިސްފައިވާތީ: ހިސާން
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި