ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. ހައި ކޯޓުން ހުސްވި ދެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
ހުސްވި ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ފަނޑިޔާރުންނާއި ކުރީގެ ބައެއް ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މިހާރު މެމްބަރު އަލީ އަބްދުއްލަތީފާއި ބައެއް ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިހާރުގެ ފަނޑިޔާރުންގެ ތެރެއިން ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރާއި އެ ކޯޓުގެ ގާޒީ ހަސަން ފަހީމް ކުރިމަތިލެއްވިއިރު، ކުރީގެ ފަނޑިޔާރުންގެ ތެރެއިން ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ވެސް ކުރިމަތިލެއްވި އެވެ.
މީގެ އިތުރުން ހޯމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ބޭފުޅުން މަގާމުން ވަކިކުރުމުންނާއި އަދި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލާއި ޝަހީދު
ނިޔާޒާއި ފަރުހާދުގެ މައްސަލަ ޖޭއެސްސީގެ ކޮމިޓީގައި
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒުގެ މައްސަލައެއް ބަލަނީ
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލައިފި
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި