16 ނޮވެމްބަރ 2023
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން މާނިއު ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރެއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މާނިއުއަކީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އެންމެ ފަހުން އިންތިހާބު ކޮށްފައި ހުރި މެމްބަރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި ހަފުތާގަ އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ޖޭއެސްސީގެ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު ފައިސަލް ވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި އެވެ. އޭރު އޭނާ ވެސް ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިންނެވެ.
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހައި ކޯޓުގެ ބެންޗަށް ވާދަވެރިކަން ބޮޑުވެއްޖެ
ހައި ކޯޓުގެ ފަނޑިޔާރަކަށް ހުޒައިފާ އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހާތިފް އައްޔަންކޮށްފި
ހައި ކޯޓު ފަނޑިޔާރުކަމަށް 12 ބޭފުޅަކު ކުރިމަތިލައިފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު އުސްމާން
ހައި ކޯޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި