Roadha Mihaaru
ހައި ކޯޓުގެ ބެންޗަށް ވާދަވެރިކަން ބޮޑުވެއްޖެ

ހައި ކޯޓުގެ ބެންޗަށް ފަނޑިޔާރުންގެ ވާދަވެރިކަން ބޮޑުވެއްޖެ

28 ޖޫން 2022

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ދެ މަގާމަށް ވާދަވެރިކަން ބޮޑުވެ، ގިނަ ފަނޑިޔާރުންތަކެއް އެ މަގާމަށް ކުރިމަތިލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ދެ މަގާމަށް ވާދަވެރިކަން ބޮޑުވެ، ގިނަ ފަނޑިޔާރުންތަކެއް އެ މަގާމަށް ކުރިމަތިލައިފި އެވެ.

ހައި ކޯޓުގެ ބެންޗުން އެންމެ ފަހުން ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލީ އެންމެ ދެ ބޭފުޅެކެވެ. އޭގެ ތެރެއިން އެ މަގާމަށް އައްޔަންކުރީ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް ހުންނެވި ހުޒައިފާ މުހައްމަދެވެ.

ހައި ކޯޓުގެ ބެންޗުން އިތުރު ދެ މަގާމެއް ހުސްވެފައި އޮތުމުން ކުރިމަތިލާން ހުޅުވައިލި މުއްދަތު އިއްޔެ ހަމަވިއިރު، އެ މަގާމަށް އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި ގިނައީ ފަނޑިޔާރުންނެވެ. އެއީ؛

• ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ

• ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު

• ސިވިލް ކޯޓުގެ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު

• ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު

• ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވަ އެވެ.

ހައި ކޯޓުގެ ބެންޗުން ފަހުން ހުސްވި ދެ މަގާމަކީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުން ހުސްވި ދެ މަގާމެވެ.