ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހުގެ އަޑުއެހުންތައް މާދަމާ އަށް ތާވަލްކޮށްފި އެވެ.
12 އެޕްރީލް 2025
ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހުގެ އަޑުއެހުންތައް މާދަމާ އަށް ތާވަލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ އަޑުއެހުމަށް ހާޒިރުވާން ފަނޑިޔާރު މަހާޒަށް އަންގާފައިވަނީ ހެނދުނު ނުވައެއް ޖަހާއިރު އެވެ. ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރަނީ އޭގެ ގަޑިއެއްހާއިރު ފަހުން ހެނދުނު 10 ޖަހާއިރަށެވެ.
ޖޭއެސްސީ ގަވައިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަތަކާ ގުޅިގެން ތަހުގީގު ރިޕޯޓެއް އެކުލަވާލައި ފަނޑިޔާރުންނަށް ހިއްސާކުރަން ޖެހެ އެވެ.
އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ހަތް ދުވަސް ދިނުމަށް ފަހު، ޖަވާބުދާރީވުމަށް ފަހުގެ އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.
މިއީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ދެ ބޭފުޅުން ޖަވާބުދާރީވުމަށް ފަހު ބާއްވާ ފަހު އަޑުއެހުމެކެވެ.
އެ ދެ ފަނޑިޔާރުންނަށް ޖޭއެސްސީން ކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އެކަމަކު، ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފަ އެވެ.
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
ގުޅުއްވީ ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒެއް: ޖޭއެސްސީ
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު