ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަކީ އަދުލުވެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރުމާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާއިރު ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް އޮންނަކަން ހަނދާން ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
14 މެއި 2025
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަކީ އަދުލުވެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރުމާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާއިރު ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް އޮންނަކަން ހަނދާން ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު ވެސް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި އެއީ އަދުލުވެރި، އިންސާފުވެރި އަދި ނަޒާހަތްތެރި ދެ ފަނޑިޔާރުން ކަމަށެވެ.
"ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެއްވިފައި ވެސް ނުވެ އެވެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނަގާ ވޯޓުގައި ކޮންމެ މެންބަރަކު ވެސް ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި މެންބަރުން ކުރެއްވި ހުވާ ހަނދާންކުރުން މަތީ ތިބުމަށް މެންބަރުން ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް ވާކަން ދެނެތިއްބަވައިގެން އަދުލުވެރިކަމާ އެކު ވޯޓު ދެއްވުމަށް ވެސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެއްވިފައި ވެސް ނުވެ އެވެ،"--- މުއިއްޒު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާގައި ވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ، އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނަަމަވެސް، މަޖިލީހުގެ ޖުޑިޝަރީ އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ މައުލޫމާތު ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އެ ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށާއި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އުސޫލުންބޭރުން ފިޔަވަޅު ނާޅަން ލޯއޭޝިއާއިން ގޮވާލައިފި