18 އެޕްރީލް 2019
ރާއްޖެއިން މި އަހަރު މީހުން ހައްޖަށް ދިއުމަށް ކޯޓާ އިތުރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ސައުދީ އަރަބިއްޔާ އިން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން މި އަހަރު މީހުން ހައްޖަށް ދިއުމަށް ކޯޓާ އިތުރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ސައުދީ އަރަބިއްޔާ އިން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހައްޖަށް މީހުން ގެންދަން ސައޫދީ އަރަބިއްޔާއިން ރާއްޖެ އަށް ދީފައި އޮންނަ ރަސްމީ ކޯޓާއަކީ 1،000 އެވެ. އެކަމަކު ބައެއް ފަހަރު އިތުރަށް 1000 ކޯޓާ ދެ އެވެ.
މިނިސްޓްރީން އެ ކޯޓާ ބަހަނީ، ހައްޖު ކޯޕަރޭޝަނާއި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭ ކުންފުނިތަކުގެ މެދުގަ އެވެ.
"މިހާރު" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރުމަށް ރައީސް އޮފީހުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުގެ އިސް ބޭފުޅުން ސައުދީ އަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިނިސްޓްރީން ވެސް ސިޓީއެއް ފޮނުވައިގެން އަޅުގަނޑުމެންނަށް އެބަހުރި ފެހި ސިގްނަލް ލިބިފައި ކޯޓާ އިތުރުވާނެ ކަމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ސައުދީން ރާއްޖެ އަށް 1000 ކޯޓާ އިތުރުކޮށްދިނެވެ. ނަމަވެސް ހައްޖަށް މީހުން ފުރަންފެށި ފަހުން ކޯޓާ އިތުރުކޮށްދިނުމުން ބައެއް ކޯޓާތަކުގައި މީހުން ހައްޖަށް ފޮނުވިފައެއް ނުވެ އެވެ.
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!
ހައްޖަށް ގެންދަން ރާއްޖެއަށް ލިބުނީ 1،000 ކޯޓާ
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!