01 އެޕްރީލް 2019
ސަރުކާރުގެ 100 ދުވަހުގެ ކުޅިވަރު ވައުދުތަކުގެ ތެރެއިން ހާސިލްނުވި ހަމައެކަނި ކަމަކީ ސްވިމިން ޕޫލެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި އެކަން ނުވީ ހަމަޖެހުނު ބިމުގެ މައްސަލަ އާބިޓްރޭޝަނުގައި އޮތުމުން ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ 100 ދުވަހުގެ ކުޅިވަރު ވައުދުތަކުގެ ތެރެއިން ހާސިލްނުވި ހަމައެކަނި ކަމަކީ ސްވިމިން ޕޫލެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި އެކަން ނުވީ ހަމަޖެހުނު ބިމުގެ މައްސަލަ އާބިޓްރޭޝަނުގައި އޮތުމުން ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު މިނިސްޓްރީން ބުނީ ޕޫލް އަޅާނެ ބިން މާލޭން ހަމަޖެހިފައިވާ ކަމަށާއި މިދިޔަ ހަފުތާގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މިނިސްޓަރު ބުރާސްފަތި ދުވަހު ވިދާޅުވީ ބިން އާބިޓްރޭޝަނުގައި އޮތުމުން އެއީ ކަށަވަރު ބިމަކަށް ނުވާތީ ރައްޔިތުންގެ ފައިސާ އިން އެންމެ ސެންޓެއް ވެސް ބޭކާރުވެދާނެ ގޮތަކަށް ހަރަދުކުރަން ބޭނުންނުވީ ކަމަށާއި އެ މައްސަލަ ނިމުހާ އަވަހަށް މަސައްކަތް ފެށޭނެ ކަމަށެވެ.
ސަރުކާރުން ބޭނުންވަނީ ހަގީގީ ވައުދު ފުއްދަންކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި، މަސައްކަތް ފެށީމޭ ބުނަން ކަށަވަރު ނޫން ބިމެއްގައި މަސައްކަތް ކުރަން ބޭނުންނުވީ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ ހިދުމަތްކުރާ ބަޔަކަށް. ރިއަލިސްޓިކްކޮށް މަސައްކަތްކުރަން ބޭނުންވަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑައެޅި މުއްދަތުގައި އެ މަސައްކަތް ނުފެށި މިވަގުތަށް ވައުދު ނުފުއްދުނޭ ބުނަން ލަދުނުގަންނަ ކަމަށާއި އެކަން ނުވުމުގައި އެއްވެސް ބަޔަކު ގޯސް ނުކުރާނެ ކަމަށެވެ. ޕޫލް އަޅާނެ ބިން ހުޅުމާލޭން ނުހޯދައި މާލޭން ހޯދުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މާލޭގައި ގިނަ ބަޔަކު ދިރިއުޅޭ އިރު ސްކޫލަށް ފަހު ޓިއުޝަނާއި ކަންކަން ވެސް އޮންނައިރު ތަމްރީންތަކަށް ހުޅުމާލެ އަށް ދިއުމަށް އިތުރު ވަގުތު ނަގާނެތީ ބޭނުންވީ މާލޭން ބިމެއް ހޯދަން ކަމަށެވެ. އަދި ޖުމްލަ ވިސްނުމަކީ ކުޅިވަރުގެ އަސާސީ ވަސީލަތްތަކަށް މާލޭން ބިން ލިބެން އޮތް މިންވަރަކުން މާލޭގައި ގާއިމްކުރުމަށް ފަހު އިންޓަނޭޝަނަލީ އިތުރަށް ތަރައްގީކުރާ ތަންތަން ހުޅުމާލޭގައި ހެދުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވަސީލަތްތައް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގައި ބިނާކުރަމުން އަންނަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ޕޫލެއް އޮވެ އެވެ. އެކަމަކު އެތަން ބޭނުންކުރެވޭނީ ތަމްރީންތަކަށެވެ. ސަބަބަކީ މުބާރާތް ބާއްވާ ނަމަ ވޯމްއަޕް ޕޫލެއް އޮންނަން ޖެހުމާއި އަދި ވަކި މިންތަކެއް ވެސް ހަމަވާން ޖެހުމެވެ. އެތަން ބޭނުންކުރަން ފެށުމާ މެދު މި ހަފުތާގައި މިނިސްޓްރީން މަޝްވަރާކުރާނެ ކަމަށެވެ.
އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ އެތުލެޓިކްސް ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ. ލޮނުގައި ފަރިތަކުރުމަށް ފަހު ޕޫލުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އޭގެ ސަބަބުން ޕާފޯމަންސަށް އަސަރުކުރެ އެވެ. އެއަށް ވުރެ ބޮޑަށް ވެސް ފެތުންތެރިންގެ ޝަކުވާ އަކީ ކުނިބުންޏާއި ތެޔޮ އެޅި ކިލަނބުވެފައިވާ އަދި މާލޭގެ އާއްމުންނަށް ވެސް ބޭނުންކުރަން އޮންނަ ތަނެއްގައި ފަތައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމެވެ. އަދި އެތަނުގައި މުބާރާތް ބާއްވާއިރު އިދާރީ ކަންކަމާއި އިނާމް ދިނުން ބާއްވަން ޖެހެނީ ޕޭމަންޓްމަތީގައި ނުވަތަ މަގުމަތީގަ އެވެ.
އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް އަހަރަކު މަދުވެގެން 500،000ރ. ގެ ބަޖެޓެއް ދިނުމާއި ގައުމީ ކުޅުންތެރިންގެ މުސާރަތައް ހަމަހަމަކުރުމުގެ ވައުދު ވަނީ ފުއްދައިފަ އެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް