ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) އާއި މުހައްމަދު އާން ހުސެއިން ވެސް އިތުރު ގައުމީ ލޯންގްކޯސް ރެކޯޑެއް އާކޮށްފި އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) އާއި މުހައްމަދު އާން ހުސެއިން ވެސް އިތުރު ގައުމީ ލޯންގްކޯސް ރެކޯޑެއް އާކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓުގައި އާން ގައުމީ ރެކޯޑް އާކުރީ 23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ އޭނާ އަތުގަ އެވެ. އޭނާ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި 24.82 ސިކުންތުން ފަތައިގެން ހެދި ރެކޯޑް މިދިޔަ އަހަރު އާކޮށްފައި ވަނީ، މިދިޔަ އަހަރު މެލޭޝިއާގައި އޮތް 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 24.28 ސިކުންތުން ފަތައިގެންނެވެ.
ވޯލްޑް ޗެމްޕިއަންޝިޕްސްގެ 50 މީޓަރު އިވެންޓްގެ ހީޓުގައި ގައުމީ ރެކޯޑް ޓައިމިންއަކާ އެކު އާން ނިންމާލީ ނުވަ ފެތުންތެރިން ވާދަކުރި ހަވަނަ ހީޓުގެ ތިންވަނައިގަ އެވެ. ނަމަވެސް ޖުމްލަ 13 ހީޓުގައި ވާދަކުރި 116 ފެތުންތެރިންގެ ތެރެއިން ސެމީ ފައިނަލަށް ހޮވުނު 15 ފެތުންތެރިންގެ ތެރޭގައި އޭނާ ނުހިމެނެ އެވެ. އޭނާގެ އޯވަރޯލް ރޭންކިންއަކީ 67 އެވެ.
ތަޒްކީ ވަނީ އިއްޔެ ކުރިއަށް ދިޔަ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި 01:04.04 އިން ރޭސް ނިންމައިގެން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
މި ރެކޯޑް ކުރިން އޮތީ އާއިޝަތު އުލްޔާ ޝާއިގް އަތުގަ އެވެ. އޭނާ ވަނީ މިދިޔަ މާޗު މަހު އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ޔޫޑަބްލިއުއެސްސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައި 01:04.32 އިން ރޭސް ފުރިހަމަކޮށްގެފަ އެވެ. އޭގެ ކުރިން މިދިޔަ އަހަރު ތަޒްކިޔާ ވަނީ ސްރީލަންކާގައި އޮތް އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި 01:05.03 އިން ފަތައިގެން ރެކޯޑް ހަދައިފަ އެވެ.
ތަޒްކީ ވަނީ މުބާރާތުގެ ދެވަނަ ދުވަހު 1:13.49 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އަދި އާން ވަނީ ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓުގައި ވާދަކޮށް 53.80 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން ގައުމީ ރެކޯޑް އާކޮށްފަ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްސްގައި ތަޒްކީ އާއި އާންގެ އިތުރުން މެރާލް އައިން ލަތީފާއި މުހައްމަދު ރިހާން ޝިހާމް ވެސް ވާދަ ކުރެ އެވެ. މިހާތަނަށް ރާއްޖޭގެ ފެތުންތެރިން ވާދަކުރި ހަތް އިވެންޓު ވެސް ނިންމާލީ ގައުމީ ރެކޯޑު އާކޮށްގެން.
އެގޮތުން މެރާލް ވަނި މުބާރާތުގެ ފުރަތަމަ ދުވަހު 02:44.34 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގަައުމީ ރެކޯޑް އާކޮށްފަ އެވެ. އަދި ރިހާން ވަނީ ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުގައި 2:25.20 އިން ހީޓު ފުރިހަމަ ކޮށްގެން ރެކޯޑް އާކޮށްފަ އެވެ.
ހަމައެއާއެކު ހަތަރު ފެތުންތެރިން އެކުގައި ވާދަކޮށް، 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ އިވެންޓުން ރެކޯޑް ހެދީ، 4:40.23 އިން ހީޓް ފުރިހަމަ ކޮށްގެންނެވެ.
މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއްް
މިކްސް ރިލޭ ޓީމުގެ ރެކޯޑާ އެކު ޖުމްލަ 8 ރެކޯޑް
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް