Roadha Mihaaru
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް

ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިންނަށް ރެކޯޑްތަކެއް

14 ޑިސެމްބަރ 2024

ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މ) ގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު ރިހާން ޝިހާމް އާއި މުހައްމަދު އާން ހުސެއިން އަދި ހަމްނާ އަހުމަދު ގައުމީ ރެކޯޑްތަކެއް އާކޮށްފި އެވެ.

ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މ) ގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު ރިހާން ޝިހާމް އާއި މުހައްމަދު އާން ހުސެއިން އަދި ހަމްނާ އަހުމަދު ގައުމީ ރެކޯޑްތަކެއް އާކޮށްފި އެވެ.

މި މަހުގެ 10 އިން 15 އަށް ބުދަޕެސްތްގައި ކުރިއަށް ގެންދާ މުބާރާތުގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ތެރޭގައި މެރާލް އައިން ލަތީފް ވެސް ހިމެނެ އެވެ.

ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރ ބަޓަފްލައި އިވެންޓުގެ ރެކޯޑް ރިހާން އާކޮށްފައިވަނީ 02:17.93 އިން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން ރިހާން މި ރެކޯޑް އާކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 02:21.75 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އާން އާކުރީ ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑެވެ. ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް އާން ރެކޯޑް އާކޮށްފައިވަނީ 00:52.29 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާން އާކޮށްފައި ވަނީ މިދިޔަމަހު ހަންގޭރީގައި ބޭއްވުނު އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެން ފެތުންތެރިޔާ ހަމްނާ ވަނީ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައެވެ. ހަމްނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި 01:20.69 އިން މިއިވެންޓު ނިންމައިފަ އެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން ހަމްނާ އާކޮށްފައި ވަނީ މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ނިންމައިގެންނެވެ.