Roadha Mihaaru

ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި ތަމްރީނު ހަދަމުން އަންނަ ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު ނުވަ އަހަރުގެ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި ތަމްރީނު ހަދަމުން އަންނަ ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު ނުވަ އަހަރުގެ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ހަމްނާ ވަނީ، ހަންގޭރީގައި މިހާރު ކުރިއަށް ގެންދާ އެ ގައުމުގެ 127 ވަނަ ނެޝެނަލް ޗެމްޕިއަންޝިޕްގައި އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައި 1:23.38 ސިކުންތުން ފަތައި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

މި ރެކޯޑް ކުރިން އޮތީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި 1:24.65 ސިކުންތުން ފެތި އައިޝަތު ސާޖިނާ އަތުގަ އެވެ.

ހަމްނާ ވަނީ ހަންގޭރީގައި ބޭއްވި ޝޯޓްކޯސް މުބާރާތްތަކުގައި މިދިޔަ ދެ އަހަރު ވެސް ވާދަކޮށް ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. އޭނާ އަކީ މިދިޔަ އަހަރު ބޭއްވި ރާއްޖޭގެ ގައުމީ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ ވެސް މެ އެވެ.

މެރާލް.--

މެރާލް.--

ހަމްނާގެ ހަންގޭރީގެ މުބާރާތުގެ މި ރެކޯޑަކީ ސުވިމިން އެސޯސިއޭޝަނުން ހާމަކުރި މި އަހަރުގެ ހަވަނަ ރެކޯޑެވެ. މީގެ ކުރިން މެރާލް އައިން ލަތީފާއި އައިޝަތު އުލްޔާ ޝާއިގް ވަނީ ރެކޯޑްތަކެއް ހަދައިފަ އެވެ.

މެރާލް ވަނީ އިނގިރޭސި ވިލާތުގައި ބޭއްވި ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައި 02:45.93 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑް އާކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި 02:49.55 އިން ރޭސް ފުރިހަމަކުރި އަމްނާ ތަޒްކިޔާ މިރުސާދު އަތުގަ އެވެ.

އެ އަށް ފަހު، މެރާލް ވަނީ އިނގިރޭސި ވިލާތުގައި ބޭއްވި ވެލްޝް ކެޕިޓަލް އޯޕަންމީޓް ގައި 05:49.59 އިން ފަތައިގެން އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އެންމެ ފަހުން މި ރެކޯޑް އާކޮށްފައި ވަނީ 2022 ވަނަ އަހަރު ތައިލެންޑް ޝޯޓްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި 06:26.56 އިން ރޭސް ފުރިހަމަކުރި އީން އައްބާސް ޝަރީފް އެވެ.

އުލްޔާ.--

އުލްޔާ.--

އޮސްޓްރޭލިއާގައި ތަމްރީނުކުރަމުން އަންނަ އުލްޔާ ވަނީ ގައުމީ ތިން ރެކޯޑެއް ހަދައިފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގުރޫޕް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި 29.29 ސިކުންތުން ފަތައިގެން ހެދި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރެކޯޑް އާކޮށްފައި ވަނީ އޮސްޓްރޭލިއާގައި ބޭއްވި އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްސްގައި 28.64 ސިކުންތުން ފަތައިގެންނެވެ.

އެ މުބާރާތުގައި އުލްޔާ ވަނީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މީގެ ކުރިން 2023 ވަނަ އަހަރު ބޭއްވި 11 ވަނަ އިންޑިއަން އޯޝަލް އައިލަންޑް ގޭމްސްގައި އައިޝަތު ސައުސަން 34.32 ސިކުންތުން ހެދި ގައުމީ ރެކޯޑް، އުލްޔާ އާކުރީ 34.18 ސިކުންތުންނެވެ.

އުލްޔާ ވަނީ އޮސްޓްރޭލިއާގައި ބޭއްވި ޔޫޑަބްލިއުއެސްސީ (ދަ ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބް) ކްލަބް ނައިޓް ނަމްބަރު 5 ގައި އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި 01:05.03 އިން ތަޒްކިޔާ ހެދި ރެކޯޑް އުލްޔާ މުގުރާލާފައި ވަނީ 01:04.32 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.