12 ނޮވެމްބަރ 2024
ހަންގޭރީގައި ކުރިއަށް ގެންދިޔަ އެ ގައުމުގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު ޖުމްލަ އަށް ރެކޯޑް މުގުރާލައިފި އެވެ.
ހަންގޭރީގައި ކުރިއަށް ގެންދިޔަ އެ ގައުމުގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު ޖުމްލަ އަށް ރެކޯޑް މުގުރާލައިފި އެވެ.
އެގޮތުން އާން ވަނީ 50 މީޓަރު ފްރީސްޓައިލް، 100 މީޓަރު ފްރީސްޓައިލް، 200 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
ސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މުގުރާލީ މިއަހަރު އޮތް އަންކްލައުޑް ވިކްޓޯރިއަން އޯޕަންގައި 1 މިނިޓް 04.51 ސިކުންތުން ފަތައިގެން މުބާލް އައްޒާމް އިބްރާހިމް ހެދި ރެކޯޑެކެވެ. އާން ރެކޯޑް މުގުރާލީ އެއް މިނިޓް 04.19 ސިކުންތުން ފަތައިގެންނެވެ.
އޭގެ ކުރިން އާން ވަނީ މިދިޔަ މަހު އޮތް ބުޑަ ކަޕްގައި 24.29 ސިކުންތުން ފަތައިގެން ހެދި ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް، 23.79 ސިކުންތުން ރޭސް ނިންމައިގެން އާކޮށްފަ އެވެ.
އަދި މި އަހަރު އޮތް އޭއޯއެސްއައި އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި މުހައްމަދު ރިހާން ޝިހާމް ހެދި ތިން ރެކޯޑެއް ވެސް މުގުރާލައިފަ އެވެ. އެއީ 50 މީޓަރު ބަޓަފްލައި އިވެންޓާއި 200 މީޓަރު ފްރީސްޓައިލް އިވެންޓް އަދި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.
ރިހާން 27.06 ސިކުންތުން ހެދި 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް އާން މުގުރާލީ 26.67 ސިކުންތުން ފަތައިގެންނެވެ. އަދި ރިހާން ދެ މިނިޓް 03.06 ސިކުންތުން ފަތައިގެން ހެދި 200 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑް އާން މުގުރާލީ ދެ މިނިޓް 01.08 ސިކުންތުން ފަތައިގެންނެވެ. އަދި ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި 25.22 ސިކުންތުން ފަތައިގެން އޭނާ ވަނީ މިއަހަރު އޮތް އޭއޯއެސްއައި އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި 29.06 ސިކުންތުން ފަތައިގެން ރިހާން ހެދި ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ.
އާން، 100 މީތަރު ފްރީސްޓައިލް އިވެންޓުން ރެކޯޑް އާކުރީ 53.45 ސިކުންތުން ފަތައިގެންނެވެ. އޭގެ ކުރިން އާން އަތުގައި މި ރެކޯޑް އޮތީ މިދިޔަ މަހު ހަންގޭރީގައި އޮތް 2 ވަނަ ޝޯޓްކޯސް ބުޑަ ކަޕްގައި 54.89 ސިކުންތުން ފަތައިގެންނެވެ. އެ މުބާރާތުގައި އާން ވަނީ ވަނީ 2016 ވަނަ އަހަރު 13 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 56.25 ސިކުންތުން ފެތި ނިޝްވާން އިބްރާހިމް ހެދި ރެކޯޑް މުގުރާލައިފަ އެވެ.
ހަމްނާ ވަނީ މި މުބާރާތުގައި ދެ ރެކޯޑެއް އާކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ތިން މިނިޓް 00.53 ސިކުންތުން ފަތައިގެން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އައިޝަތު ސާޖިނާ ތިން މިނިޓް 08.91 ސިކުންތުން ހެދި ރެކޯޑް މުގުރާލައިފަ އެވެ.
އަދި އެއަށް ފަހު ހަމްނާ ވަނީ އެއް މިނިޓް 22.65 ސިކުންތުން ފަތައިގެން މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި އެއް މިނިޓް 23.76 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހެދި ރެކޯޑް އާކޮށްފަ އެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް