17 ޑިސެމްބަރ 2024
ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދިޔަ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ދެ ފަހަރަށް ގައުމީ ރެކޯޑް އާކޮށްފި އެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދިޔަ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ދެ ފަހަރަށް ގައުމީ ރެކޯޑް އާކޮށްފި އެވެ.
މިއަހަރު ހަންގޭރީގައި ބޭއްވި ހާޖޮސް އަލްފްރެޑް ކުޕާ ތިނެއްގައި 37.13 ސިކުންތުން ރޭސް ފުރިހަމަކޮށްގެން ހަމްނާ ހެދި ރެކޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި އާކުރީ 100 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 36.84 ސިކުންތުން ނިންމައިގެންނެވެ.
ހަމްނާ ވަނީ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ އެ ރޭސް 01:20.69 އިން ނިންމައިގެން އެ އިވެންޓްގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ.
މި މުބާރާތުގައި 50 މީޓަރު ބްރެސްޓްސްޓްރޯކްގެ ރެކޯޑް ހަމްނާ ދެ ވަނަ ފަހަރަށް އާކުރީ އެ އިވެންޓްގެ ހީޓު 36.55 ސިކުންތުން ނިންމައިގެންނެވެ.
ރާއްޖޭގެ ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން ވެސް ވަނީ މުބާރާތުގައި އިތުރު ގައުމީ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އޭނާ ވަނީ 23.35 ސިކުންތުން ރޭސް ނިންމައިގެން 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ހަދައިފަ އެވެ. މީގެ ކުރިން އާން މި ރެކޯޑް އާކުރީ މިދިޔަ މަހު ހަންގޭރީގައި އޮތް އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 23.76 އިން ފަތައިގެންނެވެ.
އާން ވަނީ މި މުބާރާތުގައި 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. މީގެ އިތުރުން މުހައްމަދު ރިހާން ޝިހާމް ވަނީ 200 މީޓަރ ބަޓަފްލައި އިވެންޓުގެ ރެކޯޑް އާކޮށްފަ އެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް