09 ނޮވެމްބަރ 2024
ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު، އިތުރު ގައުމީ ރެކޯޑްތަކެއް ހަދައިފި އެވެ.
ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު، އިތުރު ގައުމީ ރެކޯޑްތަކެއް ހަދައިފި އެވެ.
ހަމްނާ ވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ތިން މިނިޓް 00.53 ސިކުންތުން ފަތައިގެން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އައިޝަތު ސާޖިނާ ތިން މިނިޓް 08.91 ސިކުންތުން ހެދި ރެކޯޑް މުގުރާލައިފަ އެވެ.
އާން ވަނީ ތިން ރެކޯޑެއް ހަދައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ މަހު އޮތް ބުޑަ ކަޕްގައި 24.29 ސިކުންތުން ފަތައިގެން ހެދި ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރެކޯޑް އާކުރީ ހަންގޭރީގެ ގައުމީ ޗެމްޕިއަންޝިޕްސްގައި 23.79 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން އާން ވަނީ މިއަހަރު އޮތް އޭއޯއެސްއައި އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި މުހައްމަދު ރިހާން ޝިހާމް ހެދި ދެ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ. އެއީ 50 މީޓަރު ބަޓަފްލައި އިވެންޓާއި 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ.
ރިހާން، 27.06 ސިކުންތުން ހެދި 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް އާން މުގުރާލީ 26.67 ސިކުންތުން ފަތައިގެންނެވެ. އަދި ރިހާން ދެ މިނިޓް 03.06 ސިކުންތުން ފަތައިގެން ހެދި 200 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑް އާން މުގުރާލީ، ދެ މިނިޓް 01.08 ސިކުންތުން ފަތައިގެންނެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް