Roadha Mihaaru
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!

ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!

16 ޑިސެމްބަރ 2018

އާންމުކޮށް ގިނަ މީހުން ކަސްރަތު ކުރާ ވަގުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ހެނދުނާއި ހަވީރާއި ރޭގަނޑު އިރާކޮޅުގެ ވަގުތެވެ. އެހެންވެ ސުވާލަކީ މި ނޫން ވަގުތެއްގައި ކަސްރަތު ކުރުން ކިހިނެއް ވާނެ ހެއްޔޭ އެވެ؟

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ގިނަ މީހުން ކަސްރަތު ކުރާ ވަގުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ހެނދުނާއި ހަވީރާއި ރޭގަނޑު އިރާކޮޅުގެ ވަގުތެވެ. އެހެންވެ ސުވާލަކީ މި ނޫން ވަގުތެއްގައި ކަސްރަތު ކުރުން ކިހިނެއް ވާނެ ހެއްޔޭ އެވެ؟

މި ސުވާލަށް ފަހުގެ އާ ދިރާސާއަކުން ވަނީ ޖަވާބު ހޯދައި ދީފަ އެވެ.

ސްވިޓްޒަލެންޑްގެ އިންސްޓިޓިއުޓް އޮފް ހިއުމަން މޫވްމަންޓް ސައިންސެސް އެންޑް ސްޕޯޓްގެ ޓީމަކުން ހަދާފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި ކަސްރަތު ކުރަން އެންމެ ރަނގަޅު އެއް ވަގުތަކީ ރޭގަނޑު ނިދުމުގެ ހަތަރު ގަޑިއިރު ކުރި އެވެ. އެގޮތަށް ތާވަލުކޮށްގެން ގަވައިދުން ކުރަން އާދަކޮށްފި ނަމަ ނިދަން އުނދަގޫވާ މައްސަލަތަކަށް ވެސް ފަރުވާ ލިބޭ ކަމަށް ދިރާސާ ޓީމުން ބުންޏެވެ.

ދިރާސާގައި ފާހަގަކުރި ގޮތުގައި ރޭގަނޑު ކަސްރަތު ކުރުމަކީ، ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް، ނިދުމަށް ނޭދެވޭ އެއްވެސް އަސަރެއް ކުރުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ނިދަން ކައިރިކޮށްފައި ރޭގަނޑު ކަސްރަތު ކުރުމުން ނުކުންނަ ނަތީޖާ މާ ރަނގަޅު ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.

މީގެ ކުރިން ކަސްރަތާއި ނިދުމާ ގުޅޭ ގޮތުން އެއްކޮށްފައިވާ ބައެއް މައުލޫމާތުތަކުގެ އަލީގައި މި ދިރާސާ އިން ފާހަގަކުރެވުނު ކަމަކީ ރޭގަނޑު ނިދުމުގެ ކުރިން ކަސްރަތު ކުރާ މީހުންނަށް ނިދަން ފަސޭހަވެ، އަރާމު ނިންޖެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު 21.2 ޕަސެންޓަށް އިތުރުކޮށްދޭ ކަމެވެ. މިއާ ހިލާފަށް ރޭގަނޑު ކަސްރަތު ނުކުރާ މީހުންގެ ނިދުމުގެ ރޭޓް ހުރީ 19.9 ޕަސަންޓްގަ އެވެ.

މި ދެ ނަމްބަރުގައި ކުޑަކުޑަ ފަރަގެއް ހުއްޓަސް ދިރާސާ ޓީމުން ބުނި ގޮތުގައި އަރާމު، ފުން ނިންޖެއް އިހުސާސް ކުރެވުމަކީ މީހާގެ ނަފުސާނީ ދުޅަހެޔޮކާ އެކު، ޖިސްމާނީ ގޮތުން ވެސް ވަރުގަދަކޮށް ދޭނެ ކަމެކެވެ.