Roadha Mihaaru
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ

ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ

26 ޖުލައި 2022

ރަނގަޅަށް ނިދި ލިބުމަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އެކަމަކު މަސައްކަތާއި ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ރަނގަޅަށް ނިދި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ފަހުން އެނދުގައި ޖައްސައިލެވޭ ހިސާބުން ވެސް ރަނގަޅަށް ނިދޭނެ ކަމުގެ ޔަގީން ކަމެއް ނެތް ފަހަރު ވެސް މަދެއް ނޫނެވެ. އެއީ ރަނގަޅު ނިންޖަކަށް މީހާއާ ގުޅޭނެ ކަހަލަ ގޮދަޑިއަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭ އެއްޗަކަށް ވާތީ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ރަނގަޅު ނިންޖެއް ލިބުމަށް ގިނަ ކަންތައްތަކެއް ހުރެ އެވެ. އެކަމަކު އެންމެ މުހިންމީ ނިދާ ގޮދަޑީގެ ފެންވަރެވެ. ހާއްސަކޮށް ގޮދަޑިއަކީ ތިމާގެ ހަށިގަނޑާ ގުޅޭ އެއްޗެއްތޯ ޔަގީން ކުރުން ވަރަށް މުހިންމެވެ.

....

....

އިންޑިއާގެ ޕަލްމޮނޮލޮޖިސްޓް އަދި ސްލީޕް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަނަންތު ގުޕްތާ ބުނާގޮތުގައި، މީހާގެ އުމުރު މައްޗަށް ދާ ވަރަކަށް ހަށިގަނޑު ވަރުބަލިވާން ފަށާނެ އެވެ. އެއީ ކުޑައިރު ރަނގަޅަށް ނިދި ނުލިބި، ބޮޑު ވަމުން އަންނަ އިރު ނިދަން ޖެހޭ ވަރަށް ނުނިދޭތީ ކަމަށް އޭނާ ބުނެ އެވެ.

މީހުން ގިނަ ވަގުތު ހޭދަކުރަނީ އިށީނދެ އަދި ކޮޅަށް ތިބެ، އެއްގޮތަކަށް ވެސް ގުޑާނުލައި ކަން ޑރ. ގުޕްތާ ފާހަގަކުރި އެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ހައްލަކީ އަރާމު ނިންޖެކެވެ.

ޑރ. ގުޕްތާ ބުނީ، ރަނގަޅު ނިންޖެއް ހޯދަން، ރަނގަޅު ކޮލިޓީ ގޮދަޑިއަކަށް އިންވެސްޓު ކުރުން ވަރަށް މުހިއްމު ކަމަށެވެ

މިސާލަކަށް އަބަދު ބުރަކަށީގައި ރިއްސައި، އުނަގަނޑަށް އުނދަގޫވާ ނަމަ ހޯދަންވީ ތަންކޮޅެއް ހަރު ގޮދަޑިއެކެވެ. އަދި އަރިއަކަށް އޮވެ ނިދާ ނަމަ މީހާގެ އުނަގަނޑަށް ބާރު ނުވާނެ ފަދަ މަޑު ގޮދަޑިއެއް ހޯދަން ޖެހޭނެ ކަމަށް ޑރ. ގުޕްތާ ބުންޏެވެ.

.

.

އެހެން ނޫން ނަމަ ހޭލާއިރު، މީހާގެ އުނަގަނޑަށް ތަދުވެ، ގައިގައި ރިއްސުމަށް މަގުފަހިވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ރޭނގަނޑުގެ ނިދި ވެސް ރަނގަޅަށް ނުލިބޭނެ އެވެ.

އެ ސަބަބާ ހެދި، ޑރ. ގުޕްތާގެ ލަފައަކީ ފެންވަރު ރަނގަޅު ގޮދަޑިއެއް ހޯދުމެވެ.

އަގަށް ވުރެ މުހިންމީ މީހާގެ ހަށިގަނޑަށް އެ ގޮދަޑީގެ ސަބަބުން ކުރާނެ ފައިދާ ދެނެގަތުން ކަމަށް ވާއިރު، އެއީ އިންވެސްޓްމެންޓެއް ކަމަށާއި އޭގެ ސަބަބުން މީހާގެ ދިރިއުޅުމާއި ހަށިގަނޑަށް އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ.