Roadha Mihaaru
ހަވީރު ކޮފީ ބޮންޏާ ރޭގަނޑު ނިދަން އުނދަގޫވާނެ

ހަވީރު ކޮފީ ބޮންޏާ ރޭގަނޑު ނިދަން އުނދަގޫވާނެ

16 ފެބުރުއަރީ 2018

ރޭގަނޑު ނިދަން އުނދަގޫ ނަމަ ހަވީރު ކޮފީ ބުއިން ހުއްޓާލަން ޖެހޭ ކަމަށް ހޯދުންތަކުން ދައްކަ އެވެ.

ރޭގަނޑު ނިދަން އުނދަގޫ ނަމަ ހަވީރު ކޮފީ ބުއިން ހުއްޓާލަން ޖެހޭ ކަމަށް ހޯދުންތަކުން ދައްކަ އެވެ.

ޔުނިވަސިޓީ އޮފް ކޮލަރާޑޯ ބައުލްޑާ އާއި އިންގްލެންޑްގެ ޔުނިވަސިޓީއެއް ގުޅިގެން ކުރި ދިރާސާއިން ދައްކާ ގޮތުން ހަވީރު ގަޑީގައި ކޮފީ ބުއިމުން އިންޓާނަލް ސާކޭޑިއަން ކްލޮކް ލަސްވާ ގޮތް ދިމާވެ އެވެ. ނިދި އަތުވެއްޖެކަމާއި ނިދަންވީކަން އަދި ހޭލަންވީމާ ބުނެދެނީ މި އެވެ.

މި ހޯދުމުން ދައްކާ ގޮތުން ޑަބަލް އެސްޕްރެސޯ ކަހަލަ ކެފެއިން ގިނައިން ހުންނަ ކޮފީ ނުވަތަ އެއާ އެއްވަރަަށް ހުންނަ އެހެން ކޮފީ އެއް ވިޔަސް، ނިދުމުގެ ތިން ގަޑިއިރު ކުރިން ބުއިމަކީ ނިދި އައުން 40 މިނިޓް ލަސްވާނެ ކަމެކެވެ.

މި ހޯދުމުގައި ބުނެފައިވަނީ އަލްގީ އާއި ފްރުޓް ފްލައިޒް ފަދަ އެއްޗިއްސަށް ވެސް ކެފެއިންގެ އަސަރު މިގޮތަށް ކުރާކަން ހޯދުން ތަކުން ދައްކާފައިވާ ކަމަށާއި އިންސާނުންގެ ސެލްތަކަށް ވެސް ހަމަ އެގޮތަށް އަސަރުކުރާކަން މިފަހަރުގެ ހޯދުން ހާމަވެފައިވާ ކަމަށެވެ.

ސައިންސް ޓްރާސްލޭޝަނަލް މެޑިސިންގެ އޮންލައިން އަދަދުގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައިވާ ގޮތުން މުޅި ދުނިޔޭގައި ވެސް ފުޅާ ދާއިރާގައި ބޭނުންކުރަމުން އަންނަ ކޮފީން އިންސާނުންގެ ސާކޭޑިއަން ކްލޮކަށް ނުފޫޒުފޯރާކަން ހާމަވި ފުރަތަމަ ދިރާސާ އަކީ މިއީ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި އާ ހޯދުމުގެ ފައިދާ އެންމެ ބޮޑަށް ނެގޭނީ ދަތުރުވެރިންނަށް ކަމަށް ސައިންސްވެރިން ބުނެ އެވެ. ކެފެއިން ބޭނުންކުރާ ގޮތް ރަނގަޅަށް ބަލައިގެން، ދުރު ހިސާބުތަކަށް ދަތުރުކުރާ މީހުންނަށް ނިދަން ފަސޭހަ ގޮތްތަކެއް ހޯދިދާނެ ކަމަށްވެ އެވެ.