Roadha Mihaaru
ޕިކްސެލް ފޯނުން ހިތުގެ ވިންދު ބެލޭ ގޮތް ހަދައިފި

ޕިކްސެލް ފޯނުން ހިތުގެ ވިންދު ބެލޭ ގޮތް ހަދައިފި

06 ފެބުރުއަރީ 2021

ގޫގުލްގެ ޕިކްސެލް ފޯނުން ހިތުގެ ވިންދާއި ނޭވާލެވޭ މިންވަރު ދެނަގަނެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގެ ޕިކްސެލް ފޯނުން ހިތުގެ ވިންދާއި ނޭވާލެވޭ މިންވަރު ދެނަގަނެވޭ ގޮތަށް ހަދައިފި އެވެ.

ގޫގުލް އިން ބުނީ ފޯނުގައި ކުރިން ވެސް އިންނަ ސެންސާއެއް މެދުވެރިކޮށް އާޓިިފިޝަލް އިންޓެލިޖެންސްގެ އެހީގައި މިހާރު ހިތުގެ ވިންދާއި ނޭވާލާ ރޭޓް އެނގޭ ގޮތް ވުމަކީ ފޯނު ބޭނުންކުރާ މީހުންނަށް ލިބުނު ވަރަށް މުހިއްމު ހިދުމަތަކަށް ވާނެ ކަމަށެވެެ.

ނޭވާލާ މިންވަރު ޕިކްސެލް ފޯނު ދެނެގެނެވޭނީ ފޯނުގެ ކެމެރާ މޫނާ ދިމާއަށް މައްޗަށް ގެންދިއުމުންނެވެ. އަދި ހިތުގެ ވިންދު ރެއާ-ފޭސިނިން ކެމެރާއާ ދިމާއަށް އިނގިލި ދިއްކުރުމުން ބުނެދޭނެ އެވެ.

ޕިކްސެލް ފޯނުން ހިތުގެ ވިންދާއި ނޭވާލާ މިންވަރު ބުނެދޭ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ގޫގުލް ފިޓް އެޕަށް ފޮނުވައިދޭނެ އެވެ. އެއާ އެކު ހަށިގަނޑާ ގުޅޭ ގޮތަށް ކަސްރަތުކުރާނެ ގޮތާއި ސިއްހީ ގޮތުން އަސާސީ ގިނަ މައުލޫމާތުތަކެއް ކިޔައިދޭނެ އެވެ.

ގޫގުލް އިން ބުނީ މިކަމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ދުވަހުން ދުވަހަށް ސަމާލުކަންދޭންވީ ކަންކަން ފަސޭހައިން އެނގިގެން ދާނެ ކަމަށާއި މީގެ ސަބަބުން ޕިކްސެލް ފޯނު ގެންގުޅޭ މީހުންގެ ސިއްހަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށެވެ.