Roadha Mihaaru
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ

ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ

20 ޖުލައި 2020

ގޫގުލް "ޕިކްސެލް 4 އެކްސްއެލް" ބޭނުންކުރާ މީހުންނަށް ކަންބޮޑުވުމެއް ލައިގެންފި އެވެ. މައްސަލަ އަކީ، ހަމަ ހުރެލާފައި، ފަހަތު ބިއްލޫރިގަނޑު ނެއްޓުމެވެ. ތަތްކުރަން ލާފައި ހުރި ތެރަހުގެ ބާރުކެނޑި، ފޭވުމެވެ. މިއީ ހަމައެކަނި ޕިކްސެލް 4 އެކްސްއެލް އަށް ދިމާވާ މައްސަލައެއް ކަމަށް "ގޫގުލް ސަޕޯޓް ފޯރަމް" އަދި "ރެޑިޓް"ގައި، އެ މީހުން އެބަ ބުނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓުން މީގެ ކުރިން ވެސް ބައެއް މީހުން ތަޖުރިބާކުރަން ޖެހުނު ކަމަށްވެ އެވެ. ނަމަވެސް، މިއީ ފޯނު ބާވެގެން ވާ ކަމެއް ނޫންކަން ކަށަވަރެވެ. ގޫގުލުން ޕިކްސެލް 4 މަރުކާގެ ފޯނުތައް މާކެޓަށް ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ޕިކްސެލް ފޯނުތަކަކީ ގޫގުލް އިން ވަރަށް ސަމާލުކަން ދޭ އުފެއްދުމެކެވެ. އެންޑްރޮއިޑް ދުނިޔޭގައި ގޫގުލުން އެދެނީ ޕިކްސެލް ފޯނުތަކަށް ވުރެ، ވާދަވެރިންގެ ފޯނުތައް ވަކިން ސްމާޓްނުވުމެވެ. އެންޑްރޮއިޑްގައި ހުރި، ހުރިހާ މޮޅުކަމެއް ޕިކްސެލް ފޯނުތަކުގައި ހިމެނުމަކީ ވެސް ގޫގުލުން ބޭނުންވާ ގޮތެވެ.

ގޫގުލް ޕިކްސެލް 4 އެކްސްއެލް ފޯނުތަކުގެ ފަހަތު ކަވަރު ނެއްޓޭ މައްސަލަ އަކީ ބެޓެރީ ފުއްޕާތީ ދިމަވާ ކަމެއް ކަމަށް ލަފާކުރެވޭ

ގޫގުލް ޕިކްސެލް 4 އެކްސްއެލް ފޯނުތަކުގެ ފަހަތު ކަވަރު ނެއްޓޭ މައްސަލަ އަކީ ބެޓެރީ ފުއްޕާތީ ދިމަވާ ކަމެއް ކަމަށް ލަފާކުރެވޭ

ޕިކްސެލް 4 އެކްސްއެލް އަށް ދިމާވެގެން އުޅޭ މައްސަލަ އަކީ ފޯނުގެ ބެޓެރީގެ ސަބަބުން ވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. ބެޓެރީ އަށް ދިމާވާ މައްސަލައެއްގައި، ބެޓެރީ ހޫނުވެ، ފުއްޕަނީ ކަމަށް ވެސް އެބަ ބުނެވެ އެވެ. ބެޓެރީ ފުފެން ދިމަވާ ވަގުތުގައި، ބޭނުންވާ ޖާގަނުލިބުމުގެ ސަބަބުން، ތަތްކުރަން ލާފައި ހުރި ތެރަސްގަނޑު ދޫވެ، ބިއްލޫރި ކަވަރު ފޭވަނީ ކަމަށް ވެސް، ރެޑިޓްގައި ބުނެފައި އެވެ. މިއީ ކިހިނެއް މެދުވެރިވާ ކަމެއްކަން މުޅިން ކަށަވަރުވާނީ ގޫގުލުން ކިޔައިދިނުމުންނެވެ.

ޕިކްސެލް 4 އެކްސްއެލް ބޭނުންކުރާ މީހުން ފިކުރުބޮޑުވެގެން އުޅޭއިރު ވެސް، ގޫގުލް ސަޕޯޓް ޓީމުން ކަމުދާ ކަހަލަ ވާހަކައެއް އަދި ނުދައްކާ ކަމަށް ވެސް ވެ އެވެ. އެހެން ނަމަވެސް، ޕިކްސެލް 4 އެކްސްއެލް ބޭނުންކުރާ މީހަކަށް މި މައްސަލަ ދިމާވެއްޖެ ނަމަ، ގޫގުލް ސަޕޯޓް ފޯރަމަށް ވަދެލުމަކީ ފައިދާކުރާ ކަމަކަށް ވާނެ އެވެ.