Roadha Mihaaru
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް

ގޫގުލްގެ "ލޮކްޑް ފޯލްޑާ" ފީޗާ ޕިކްސެލް ނޫން ފޯނުތަކަށް ދޫކުރަން ފަށައިފި

06 ޑިސެމްބަރ 2021

ޕްރައިވެޓްކޮށް ރައްކާކުރަން ބޭނުންވާ ފޮޓޯ/ވީޑިއޯތަކަށް ހާއްސަކޮށްގެން ގޫގުލް އިން ޕިކްސެލް ފޯނުތަކަށް މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި "ލޮކްޑް ފޯލްޑާ" ފީޗާ ޕިކްސެލް ނޫން އެހެން އެންޑްރޮއިޑް ޑިވައިސްތަކަށް ދޫކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރައިވެޓްކޮށް ރައްކާކުރަން ބޭނުންވާ ފޮޓޯ/ވީޑިއޯތަކަށް ހާއްސަކޮށްގެން ގޫގުލް އިން ޕިކްސެލް ފޯނުތަކަށް މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި "ލޮކްޑް ފޯލްޑާ" ފީޗާ ޕިކްސެލް ނޫން އެހެން އެންޑްރޮއިޑް ޑިވައިސްތަކަށް ދޫކުރަން ފަށައިފި އެވެ.

މިކަމާ ބެގޭ ގޮތުން ޓެކް ޚަބަތުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެންޑްރޮއިޑް ޑިވައިސްތަކުގެ ތެރެއިން އެ ފީޗާ އެންމެ ފުރަތަމަ ލިބޭނީ ސެމްސަންގާއި ވަން ޕްލަސްގެ ޑިވައިސްތަކަށްވެ. އަދި ވަރަށް އަވަހަށް އިތުރު އެންޑްރޮއިޑްގެ އިތުރު ގިނަ ޑިވައިސްތަކަށް ވެސް "ލޮކްޑް ފޯލްޑާ" ލިބެން ފަށާނެ އެވެ.

"ލޮކްޑް ފޯލްޑާ" އާންމުކޮށް ފެންނަން ބޭނުން ނުވާ ފޮޓޯ/ވީޑިއޯ ތައް ނުފެންނަ ގޮތަށް ޕާސްކޯޑެއް ނުވަތަ ފިންގްޕްރިންޓް ޖަހައިގެން ފޯލްޑާއެއްގައި ރައްކާކުރެވޭ ފީޗާއެކެވެ. މީގެ ސަބަބުން އެ މީހަކު ގެންގުޅޭ "ސެންސިޓިވް" ކޮންޓެންޓްތަކަށް ބޮޑު ރައްކާތެރި ކަމެއް ލިބޭނެ އެވެ.

އެންޑްރޮއިޑް ޑިވައިސްތަކަށް "ލޮކްޑް ފޯލްޑާ" ފީޗާ ދޫކުރަން ފަށާފައިވާ އިރު، ގޫގުލް އިން ނިންމާފައި އޮތީ އަންނަ އަހަރުގެ ކުރީކޮޅު ގޫގުލް ފޮޓޯސްގެ އައިއޯއެސް ވާޝަނަށް ވެސް ފީޗާ ދޫކޮށްލުމަށެވެ.

މިހާރު ހަމަޖައްސާފައި އޮތް ގޮތުން މިދިޔަ ޖޫން 1 އިން ފެށިގެން ގޫގުލް ފޮޓޯސްގައި 15 ޖީބީ އަށް ވުރެ އިތުރަށް ފޮޓޯ/ވީޑިއޯ ރައްކާކުރެވޭނީ ފީ ދައްކައިގެންނެވެ. އެގޮތުން ތިން ޕްލޭނެއްގެ ދަށުން އަގު ނަގާނެ އެވެ. އެއީ 200 ޖީބީ އަށް މަހަކު 2.99 ޑޮލަރު، 2ޓީބީ އަށް މަހަކު 9.99 ޑޮލަރު އަދި 30 ޓީބީ އަށް 149.99 ޑޮލަރެވެ.