Roadha Mihaaru
މޯޝަން ސެންސް: ޕިކްސެލް 4 ގައި ރާޑަރު ޓެކްނޮލޮޖީ

މޯޝަން ސެންސް: ގޫގުލް ޕިކްސެލް 4 ގައި ރާޑަރު ޓެކްނޮލޮޖީ

31 އޮކްޓޯބަރ 2019

ގޫގުލް "ޕިކްސެލް 4" އަދި "ޕިކްސެލް 4 އެކްސްއެލް" ގައި ހިމެނޭ އެންމެ ބާރުގަދަ ފީޗާ އަކީ "މޯޝަން ސެންސް" އެވެ. މިއީ ފޯނުގެ ސްކްރީންގައި ނުޖެހޭ ފަށުގައި ކުރެވޭ ހަރަކާތްތައް، ފޯނަށް ބުނެދޭ ޓެކްނޮލޮޖީއެކެވެ. ޕިކްސެލް 4ގެ ފޯނުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންކޮށްފައި ވަނީ "ސޮލީ" ޗިޕް އެވެ. މި ޓެކްނޮލޮޮޖީ އަށް "ރޭޑާ ޓެކްނޮލޮޖީ"އޭ ވެސް ކިޔަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް "ޕިކްސެލް 4" އަދި "ޕިކްސެލް 4 އެކްސްއެލް" ގައި ހިމެނޭ އެންމެ ބާރުގަދަ ފީޗާ އަކީ "މޯޝަން ސެންސް" އެވެ. މިއީ ފޯނުގެ ސްކްރީންގައި ނުޖެހޭ ފަށުގައި ކުރެވޭ ހަރަކާތްތައް، ފޯނަށް ބުނެދޭ ޓެކްނޮލޮޖީއެކެވެ. ޕިކްސެލް 4ގެ ފޯނުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންކޮށްފައި ވަނީ "ސޮލީ" ޗިޕް އެވެ. މި ޓެކްނޮލޮޮޖީ އަށް "ރޭޑާ ޓެކްނޮލޮޖީ"އޭ ވެސް ކިޔަ އެވެ.

ސޮލީ ޗިޕް ބޭނުންކޮށްގެން ގޫގުލް ލެބޯޓަރިގައި ހަދާފައި ހުރި ޓެސްޓްތަކަށް ބަލާއިރު، ނުކުރެވޭ ކަމެއް ނެތެވެ. ގަޑި އަށް ޗާބީ ދިނުން، އަޑުގަދަކުރަން ގޮބު އެނބުރުން، ފުއްޓަކިން ފޯނުގެ ސެޓިން ތެރެ އަށް ވަނުން އަދި އިނތިލީގެ ހަރަކާތުން އިންޓަނެޓް ސަފުހާތައް އުކުން ފަދަ ފަސޭހަތައް، ރޭޑަރު ޓެކްނޮލޮޖިއާ މަތިކޮށްފައި ވެ އެވެ.

ޕިކްސެލް 4 އަދި ޕިކްސެލް 4 އެކްސްއެލްގައި ސޮލީ ޗިޕް ހިމަނަން އުޅޭކަން އެނގުނީ މި އަހަރުގެ ޖޫން މަހާ ހިސާބުގަ އެވެ. ޕިކްސެލް 4 އަށް ގިނަ ބަޔަކު އިންތިޒާރުކުރި ސަބަބަކަށް މި ޓެކްނޮލޮޖީ ވި އެވެ. އެހެން ނަމަވެސް، ޕިކްލެސް 4ގެ މޮޑެލްތައް އާންމުންނަށް ލިބުނުއިރު، ލެބޯޓަރީގައި ދެއްކި ފަދަ ޖާދޫތަކެއް ހިމަނާފައި ނެތެވެ.

ގޫގުލް އިން ނުބުންޏަސް، މޯޝަން ސެންސް އަކީ ބާރުގަދަ ފީޗާއެކެވެ. މި ޓެކްނޮލޮޖީ ތަރައްގީކުރަންމުން ދިޔަ ގޮތް ޔޫޓިބްގައި އެބަ ހުއްޓެވެ. ޕިކްސެލް 4 ގައި ރާާޑަރު ޓެކްނޮލޮޖީ ހިމެނުމުން، ޕިކްސެލް 4ގެ ފޯނުތައް މަސައްކަތްކުރާނީ ރާޑަރު މަސައްކަތްކުރާ ގޮތަށެވެ.

ރާޑަރުން އެއްޗެއް ދެނެގަގުތަށްޓަކައި ސިގްނަލްތަކެއް ފޮނުވަ އެވެ. އިންސާނުންގެ ހަމަ ލޮލަށް ނުފެންނަ ފަށުގައި އެއްޗެއް އޮތް ނަމަވެސް، ރާޑަރުން އެ އެއްޗެއް ދެނެގަނެ އެވެ. އެއީ ރާޑަރުން ފޮނުވާ ސިގްނަލްތައް އެ އެއްޗެއްގައި ޖެހި އެނބުރި އަންނަ މިންވަރު ރާޑަރަށް ލިބިގަނެވޭތީ އެވެ.

ޕިކްސެލް 4ގެ ފޯނުތަކުގައި ހިމަނާފައި ވާ ސޮލީ ޗިޕް ވެސް މަސައްކަތްކުރަނީ ރާޑަރެއް ފަދައިންނެވެ. މިސާލަކަށް، ފޯނުދޮނުގައި، އަތް ނުވަތް އެއްޗެއް ހޫރާ ނަމަ، އެ އެއްޗެއްގައި ޖެހި އެނބުރި ދާ ސިގްނަލްތައް ފޯނުން ދެނެގަނެ އެވެ. މި ގޮތުގައި، އެ ހަރަކާތެއްގެ އަވަސް. ލަސް މިން އަދި އެ ހަރަކާތެއް ކުރެވެނީ ކޮން ދިމާއަކުން، ކޮން ދިމާއަކަށްކަން ފޯނަށް އެނގެ އެވެ.

Pixel 4 India gai vikkun manaa

Pixel 4 India gai vikkun manaa

The most trusted news source in the Maldives

Mihaaru

ޕިކްސެލް 4ގެ ފޯނުތަކުގައި ރާޑަރު ޓެކްނޮލޮޖީ ބޭނުންހިފާފައި ވާތީ އިންޑިޔާގައި މި ފޯނުތައް ވިއްކުން ވަނީ މަނާކޮށްފައި

"މޯޝަން ސެންސް"އާ މެދު މިހާރު ބެލެވެނީ ގޫގުލްއިން މި ޓެކްނޮލޮޖީ ކޮންޓްރޯލްކުރަނީ ކަމަށެވެ. މިއީ ބައެއް ގައުމުތަކުގައި އާންމުން ބޭނުންކުން މަނާ "ރޭޑިއޯ ރޭންޖް"އެކެވެ. އެހެންކަމުން، ޕިކްސެލް 4ގެ މޮޑެލްތައް އިންޑިޔާގައި ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މޯޝަން ސެންސްގައި ހުރި ބާރުވެރިކަން، ފޯނުތައް ބޭނުންކުރާ މީހުންނަށް ދިނުމަށް ގޫގުލްއިން އެދޭ ކަމަކަށް ނުބެލެވެ އެވެ. މިއީ އަދި ގޫގުލް ނޫން ބަޔަކަށް ބޭނުންހިފެން ނެތް ޓެކްނޮލޮޖީ އެކެވެ. "ތާޑްޕާޓީ" ޑިވެލޮޕަރުން އުފައްދާ އެޕްތަކުގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކުރަން ގޫގުލްއިން އަދި ހުއްދައެއް ނުދެ އެވެ.