08 އޯގަސްޓް 2018
އެންޑްރޮއިޑް 9.0 ނެރެފި އެވެ. ކޯޑް ނަމަކަށް އެންޑްރޮއިޑް "ޕީ" ކިޔައިގެން އުޅެފައި، މިހާރު ވަނީ ނަން ބަދަލުކޮށްފަ އެވެ. އެއީ "އެންޑްރޮއިޑް ޕައި" އެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ އެންމެ ފަހު އަދަދަށް ކިޔާ ނަމަކީ މި އެވެ.
އެންޑްރޮއިޑް 9.0 ނެރެފި އެވެ. ކޯޑް ނަމަކަށް އެންޑްރޮއިޑް "ޕީ" ކިޔައިގެން އުޅެފައި، މިހާރު ވަނީ ނަން ބަދަލުކޮށްފަ އެވެ. އެއީ "އެންޑްރޮއިޑް ޕައި" އެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ އެންމެ ފަހު އަދަދަށް ކިޔާ ނަމަކީ މި އެވެ.
އެންޑްރޮއިޑްގެ އަދަދުތަކަށް ނަން ކިޔުމަށް ގޫގުލުން ގެންގުޅޭ އާދަ އަކީ، އެެއީ ކޮންމެވެސް ފޮނި ކާއެއްޗަކަށް ކިޔާ ނަމަކަށް ވުމެވެ. އެންޑްރޮއިޑް 8.0 - 8.1 "އޯރިއޯ"، އެންޑްރޮއިޑް 7.0 – 7.1.2 "ނޫގެޓް" އަދި އެންޑްރޮއިޑް 6.0 – 6.0.1 "މާޝްމެލޯ" މި ފަދައިންނެވެ.
އެންޑްރޮއިޑް ޕައި ރަސްމީކޮށް އާންމުކުރުމާ އެކު އެ "އަޕްޑޭޓް" އެންމެ އަވަހަށް އަތުޖެހޭނެ ބަޔަކީ ގޫގުލް ޕިކްސެލް ފޯނުތައް ގެންގުޅޭ މީހުންނެވެ. "އޯޓީއޭ" ނުވަތަ "އޯވާ ދި އެއާ" އަޕްޑޭޓެއް ގޮތުގައި ލަސްތަކެއް ނުވެ ޕިކްސެލް ފޯނުތަކަށް ސޮޕްޓްވެއާ އަޕްޑޭޓް ލިބޭނެ އެވެ.
ޕިކްސެލް ފޯނުތަކަކީ ގޫގުލުން ޚަރަދުކޮށް އުފައްދާ ސްމާޓްފޯނުތަކެކެވެ. ސްމާޓްފޯން އުފައްދާ ބަޔަކު ލައްވައި ފޯނުތައް އުފެއްދި ނަމަވެސް، މާކެޓްކުރަނީ ގޫގުލްގެ ނަމުގަ އެވެ. އެހެންކަމުން، އެންޑްރޮއިޑަށް ގެންނަ ބަދަލުތައް އެންމެ ފުރަތަމަ ލިބެނީ މި ފޯނުތަކަށެވެ.
"އެންޑްރޮއިޑް ޕައި" ގައި ހިމަނާފައި ހުރި އާ ފީޗާތަކަށް ބަލާއިރު ގިނަ ބަޔަކު އަޅައިގަންނަނީ އައިއޯއެސްގައި ހުރި ކަހަލަ ސިފަތަކުގަ އެވެ. އެ ގޮތުގައި ސްކްރީން ކޮޅުކޮޅަށް ކަހާލުމަށް ބޭނުންކުރެވޭ ހަރަކާތައް އަދި "ސްކްރީން އެނިމޭޝަން" އެޕަލްއާ ވަރަށް އެއްގޮތެވެ. މި ކަމާ ބެހޭ ގޮތުން ގޫގުލުން ބުނީ އެއީ އައިފޯން ބޭނުންކުރާ މީހުން އެންޑްރޮއިޑަށް ބަދަލުކުރަން ފަސޭހައަކަށް ކުރި ކަމެއް ކަމަށެވެ. އައިފޯނުގައި އިނގިލި ކާއްތަން ގެންގުޅޭ ހަރަކާތްތައް އެންޑްރޮއިޑްގައި ހިމެނުމުން، އެންޑްރޮއިޑަކީ އައިފޯން ބޭނުންކުރާ މީހުންނަށް އާ އެއްޗަކަށް ނުވާނެ ކަމަށެވެ.
ޕިކްސެލް ފޯނުތައް ވިޔަފައި ދެން ހުރި ފޯނުތަކަށް އެންޑްރޮއިޑް ޕީ އަޕްޑޭޓް ފޯރުކޮށްދިނުމުގައި، އެ ފޯނެއް އުފައްދާ ކުންފުނިން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ގޫގުލުން ބުންޏެވެ. އެ ގޮތުގައި، އެންޑްރޮއިޑް ޕީ އަށް ފޯނުތައް އަޕްޑޭޓްކުރާނެ އުސޫލު ރާވައި ހިންގާނީ އެ ފޯނެއް އުފައްދާ ކުންފުންޏަކުންނެވެ.
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ
ޕިކްސެލް 2 ގައި ހެޑްފޯނު ޖެކެއް ނީންނާނެ
ގޫގުލް ޕިކްސެލް ފެނުއަޑީގައި، އެއްގަޑިއިރު
ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން
ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ގޫގުލް ޕިކްސެލް ފޯނުތަކުގެ ޒަމާންދަނީތަ؟