Roadha Mihaaru
ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

28 ޑިސެމްބަރ 2019

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

ސެމްސަންގް އަކީ ދޭތެރެދޭތެރެ އިން އެ މީހުންގެ ފޯނުތަކުގެ ނަންތައް ބަދަލުކުރާ ކުންފުންޏެކެވެ. ފޯނަށް ކިޔާ ނަމުގެ ސަބަބުން، ފޯނުގެ ހައިބަތަށް ބަދަލުތަކެއް ނައި ނަމަވެސް، ބޭނުންކުރާ މީހުން ގަބޫލު ކުރަނީ މޮޅުތަކެއް ވާނެ ކަމަށެވެ.

ގެލަކްސީ އެސް މަރުކާގެ ފޯނުތަކަކީ، ސެމްސަންގުން ނެރޭ އަގު ބޮޑު މަރުކާ އެކެވެ. މި މަރުކާގައި ދެން ނެރެން އޮތީ "ގެލަކްސީ އެސް11" އެވެ. އެކަމަކު މިހާރު ބުނަނީ ގެލަކްސީ އެސް11 ދެން ނުނެރޭނެ ކަމަށެވެ. ގެލަކްސީ އެސް މަރުކާ އެ ގޮތުގައި ދެމެހެއްޓި ނަމަވެސް، އެސް11 އިގެ ބަދަލުގައި ދެން ނެރޭނެ ކަމަށް ބުނަނީ ގެލަކްސީ އެސް20 އެވެ.

ސެމްސަންގުން ދާދި ފަހުން ވަނީ "ގެލަކްސީ އޭ" މަރުކާގެ ފޯނުތަކުގެ ނަންތައް ވެސް ބަދަލުކޮށްފަ އެވެ. ގެލަކްސީ "އޭ5" ގެ ބަދަލުގައި ގެލަކްސީ "އޭ50" އަދި "އޭ7"ގެ ބަދަލުގައި "އޭ70" ފަދަ ނަންތަކެވެ. ގެލަކްސީ އެސް11 ގެ ނަން މި ފަހަރު ބަދަލުކުރާއިރު އެއީ ގެލަކްސީ އެސް20 އަށް ވެއްޖެ ނަމަ، 2020 އަހަރުގެ ފޯނަށް ވީ އެވެ. މިއީ މި ބީދައިން ފޯނުތަކަށް ނަން ކިޔާ ނަމަ، 2021 ގައި ނެރޭނެ ކަމަށް ބެލެވެނީ ގެލަކްސީ އެސް21 އެވެ.