Roadha Mihaaru
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ

ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް އުފައްދަނީ 5ޖީ މިންގަޑަށް

11 މާޗް 2020

ވަންޕްލަސް މަރުކާގެ ދެން ނެރެން ހުރި، ވަންޕްލަސް 8ގެ ހުރިހާ ފޯނެއް، 5ޖީ ސަޕޯޓްކުރާނެ ކަމަށް ވަންޕްލަސް އިން ބުނެފި އެވެ. އުފާވެރި ޚަބަރެކެވެ. ހިތާމަވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ. ސްމާޓްފޯނެއް 5ޖީ ފެންވަރަށް އުފައްދައި، ލާހިކު އަގެއްގައި ވިއްކުމަކީ އަދި ކުރެވެން އޮތް ކަމެއް ނޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަންޕްލަސް މަރުކާގެ ދެން ނެރެން ހުރި، ވަންޕްލަސް 8ގެ ހުރިހާ ފޯނެއް، 5ޖީ ސަޕޯޓްކުރާނެ ކަމަށް ވަންޕްލަސް އިން ބުނެފި އެވެ. އުފާވެރި ޚަބަރެކެވެ. ހިތާމަވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ. ސްމާޓްފޯނެއް 5ޖީ ފެންވަރަށް އުފައްދައި، ލާހިކު އަގެއްގައި ވިއްކުމަކީ އަދި ކުރެވެން އޮތް ކަމެއް ނޫނެވެ.

ވަންޕްލަސް އިން ސީނެޓަށް ބުނި ގޮތުގައި، ވަންޕްލަސް ސީރީޒްގެ ފޯނުތައް 5ޖީ ފެންވަރަށް އުފެއްދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެވިފައި ވެ އެވެ. ވަންޕްލަސް ފޯނުތަކުގައި ވަކި ޓެކްނޮލޮޖީއެއް ހިމަނަން ގަސްދުކުރުމަށް ފަހު، ވަރަށް ގިނަ ޓެސްޓްތައް ކުރެވޭ ކަމަށް ވެސް އެ ކުންފުނި ބުނި ކަމަށް، ސީނެޓް އޮންލައިންގައި ބުނެފައި ވެ އެވެ.

ވަންޕްލަސް އަކީ މިހާރު ފެޝަނެކެވެ. ސްމާޓްފޯނުތައް ފަހަނައަޅައި، މި މަރުކާ މިހާރު ރޭސް ކާރުތަކާ ހަމަ އަށް ވެސް ވަނީ ފޯރައިފަ އެވެ. އަންނައުނުން ފެށިގެން ކުޑަކުދިން ކުޅެން ގެންގުޅޭ ސާމާނުތަކުގައި ވެސް ވަންޕްލަސް ވަނީ ނަން ހިއްޕާލާފަ އެވެ.

މި އަހަރުގެ ކުރީ ކޮޅު "ވަންޕްލަސް 8 ލައިޓް" މާކެޓަށް ނެރޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ގައުމުތަކަށް ފެތުރިގެންފައި ވާ ކޮވިޑް-19 ބަލިމަޑުކަމާ ހެދި، ފުރިހަމަ އަށް ތައްޔާރުވެވިދާނެ ކަމަކަށް ނުފެނެ އެވެ. އެހެން ނަމަވެސް، މިކަމާ ބެހޭ ގޮތުން އެ ކުންފުނިން އަދި ވާހަކައެއް ނުދައްކަ އެވެ.