Roadha Mihaaru
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން

ވަންޕްލަސް 8 އަށް ވަޔަލެސް ޗާޖިން ގެންނަނީ

02 ފެބުރުއަރީ 2020

ވަންޕްލަސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ނުހިމަނާނެ ކަމަށް އެ ކުންފުންޏަކުން ނުބުނެ އެވެ. ނަމަވެސް، އެކަން ކުރެވެން އޮތީ ތަންކޮޅެއް ފަހުގެ މަރުހަލާއެއްގައި ކަމަށް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަންޕްލަސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ނުހިމަނާނެ ކަމަށް އެ ކުންފުންޏަކުން ނުބުނެ އެވެ. ނަމަވެސް، އެކަން ކުރެވެން އޮތީ ތަންކޮޅެއް ފަހުގެ މަރުހަލާއެއްގައި ކަމަށް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

މިހެން ކަން އޮތް ނަމަވެސް، ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ އަށް ފޯނުތައް ހުޅުވާނުލައި، ވަންޕްލަސް އަށް ދެން އިތުރު ކަމެއް ކުރެވިދާނެ ކަމަކަށް ނުފެނެ އެވެ. ވަޔަލެސް ޗާޖިން އަކީ ވަންޕްލަސް ބޭނުންކުރާ މީހުން ވަރަށް އެދޭ ޓެކްނޮލޮޖީ އެކެވެ.

ވަންޕްލަސްއާ ވާދަކުރުމަކީ ވާދަވެރިންނަށް ފަސޭހަ ކަމަކަށް ނުވެ އެވެ. ވަންޕްލަސް ފޯނުތައް، އެހެން ފޯނުތަކުގެ މައްޗަށް ހޯދާ ކާމިޔާބި އަކީ، އަގާ ނުބައްދަލު އާ ޓެކްނޮލޮޖީތަކަށް ވަންޕްލަސް ފޯނުތައް ހުޅުވާލެއް އަވަސްވުމެވެ. އެހެން ނަމަވެސް، ވާދަވެރިންގެ ފޯނުތަކުގައި ވަޔަލެސް ޖާޗިން ހިމަނައި، ބާވެ ދާއިރު ވެސް، ވަންޕްލަސް ފޯނުތަކުގައި މި ފީޗާ ގާއިމުނުކުރީ ސަބަބެއް މުޅިން ސާފެއް ނުވެ އެވެ.

ވަޔަލެސް ޗާޖިންއާ މެދު މިހާރު ބެލެވެނީ، ވަންޕްލަސް ފޯނުތަކުގައި، ވަންޕްލަސް 8 ގައި މި ފީޗާ ހިމަނާނެ ކަމަށެވެ. މިކަމަށް ހިތްވަރު ލިބޭ ނިޝާނަކީ، "ވަޔަލެސް ޕަވާ ކޮންސޯޓިއަމް" ގައި ވަންޕްލަސް ބައިވެރިވުމެވެ. ވަންޕްލަސް އަކީ މިހާރު މި ކޮންސޯޓިއަމްގެ ފުރިހަމަ މެންބަރެކެވެ. އެހެންކަމުން، މި ކޮންސޯޓިއަމުން އަމަލުކުރާ ހުރިހާ ގަވާއިދަކުން ވަންޕްލަސް އަށް ވެސް ބާރުތަކެއް ލިބިދޭނެ އެވެ.

ވަންޕަލަސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ހިމެނުމުން، ސްމާޓްފޯން މާކެޓްގެ މަތިފަޑީގައި ތިބި ވާދަވެރިންނާ ހަމަހަމައިން ވާދަކުރަން ފުރުސަތު ލިބުނީ އެވެ. މިއީ ވަންޕްލަސް އަށް ލޯބިކުރާ ގިނަ ބަޔަކު ހިތްވަރު އާވާނެ ކަމަކަށް ވެސް ވާނެ އެވެ.

ވަންޕްލަސް 8 ގައި ވަޔަލެސް ޗާޖިން ހިމެނުމާ ބެހޭ ގޮތުން ވަންޕްލައިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ވަންޕަލަސް ފޯނުތައް ބޭނުންކުރާ މީހުންނަށް ކުއްލި ޚަބަރެއް ދިނުމަކީ ވެސް ވަންޕްލަސް މަޑުން އޮންނަ ސަބަބަކަށް ވެދާނެ އެވެ.