26 ޑިސެމްބަރ 2019
ސްމާޓްފޯން ކުންފުންޏެއް ނަމަ، ފަތްޖެހި ފޯނެއް އުފައްދަން ޖެހެ އެވެ. ވަންޕްލަސް ވެސް މި ލިސްޓަށް އަރަނީ އެވެ. ވަންޕްލަސްގެ ފަތްޖެހި ފޯނަށް ކިޔާ ނަމަކީ "ކޮންސެޕްޓް ވަން" އަށް ވެދާނެ ކަމަށް އެބަ ބުނެވެ އެވެ.
ސްމާޓްފޯން ކުންފުންޏެއް ނަމަ، ފަތްޖެހި ފޯނެއް އުފައްދަން ޖެހެ އެވެ. ވަންޕްލަސް ވެސް މި ލިސްޓަށް އަރަނީ އެވެ. ވަންޕްލަސްގެ ފަތްޖެހި ފޯނަށް ކިޔާ ނަމަކީ "ކޮންސެޕްޓް ވަން" އަށް ވެދާނެ ކަމަށް އެބަ ބުނެވެ އެވެ.
އަންނަ ޖެނުއަރީ ގައި އޮންނަ، ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ" ގައި ވަންޕްލަސް އިން ފަތްޖެހި ފޯނެއް ދައްކައިލާނެ ކަމަށް ބުނެވެ އެވެ. "ކޮންސެޕްޓް ވަން"އާ ބެހޭ ގޮތުން ވާހަކަ ދެއްކެވެން ފެށުމުން، ވަންޕްލަސްގެ ފަތްޖެހި ފޯނަކީ މިއީ ކަމަށް ވަނީ ބެލެވިފަ އެވެ. މިކަން ކަށަވަރު ކުރުމަށް އަދި ދުވަސްކޮޅެއް އޮތް ނަމަވެސް، ވަންޕްލަސް ވެސް ފަތްޖެހި ފޯނެއް އުފައްދާނެ ކަން މިހާރު ވެސް ކަށަވަރެވެ.
ވަންޕްލަސްގެ ސީއީއޯ، ޕީޓާ ލޫ، އަރަތަކަށް ވާ ކަހަލަ ގޮތަކަށް ދާދި ފަހުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހިތް ނުތަނަވަސް ކުރުވާ ޒާތުގެ ކަމެއް، ޖެނުއަރީގައި ވެދާނެ އެވެ. މި އަރަތް އޮޅުން ފިލުވުމަށް ޝައުގުވެރިވި މީހުން ކުރި މަސައްކަތުން ދެ ކަމެއް ފާހަގަ ކުރެވުނެވެ.
އެއް ގޮތަކީ "ވަންޕްލަސް 8 ލައިޓް" ނެރުމެވެ. ދެން އޮތީ "ކޮންސެޕްޓް ވަން" ފަތްޖެހި ފޯނެވެ. ބޮޑަށް ބާރުދެނީ، އެ ވިދާޅުވުމަކީ، ފަތްޖެހި ފޯނަކަށް ކުރެއްވި އިޝާރާތަކަށެވެ.
ފަތްޖެހި ފޯނަކީ ޒަމާނީ ފެޝަނެކެވެ. ވަންޕްސް އިން ފަތްޖެހި ފޯނެއް އުފެއްދުމުގައި، އެހެން ކުންފުނިތަކާ ހުރި ތަފާތަކީ، ވަންޕަސް އަކީ އަބަދުވެސް ބާރުގަދަ ފޯނުތައް ހަދިޔާކުރާ ކުންފުންޏަކަށް ވުމެވެ. ވަންޕްލަސް އިން ނެރޭ ފަތްޖެހި ފޯނާ މެދު ވެސް ބެލެވެނީ މި ނަޒަރުންނެވެ. ވާދަވެރި ކުންފުނިތަކަށް ވުރެ ޑިޒައިން ރީތިވުން އަދި "ސްޕެކް"އާ ނުބައްދަލު މިންވަރަށް އަގު ހެޔޮވުމެވެ.
ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ
ވަންޕްލަސް 8 ޗައިނާގައި ވިކި ހުސްވެއްޖެ
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން
ޗައިނާ އިން ބޭރުވާން ގޫގުލް ފެކްޓަރީތައް ވިއެޓްނާމަށް
ވަންޕްލަސް 7 ޕްރޮ އަކީ ފެން ނުވަންނަ ފޯނެއްތަ؟
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް