Roadha Mihaaru
ވަންޕްލަސް 8 ޗައިނާގައި ވިކި ހުސްވެއްޖެ

ވަންޕްލަސް 8 ސީރީޒް ޗައިނާގައި ވިކި ހުސްވެއްޖެ

26 އެޕްރީލް 2020

މިއީ ވަންޕްލަސް އިން އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބީއެކެވެ. ވަންޕްލަސްގެ ސީއީއޯ، ޕީޓާ ލޫ ވިދާޅުވި ގޮތުގައި، ވަންޕްލަސް 8 ސިރީޒްގެ ހުރިހާ އަދަދެއް ވިކި ހުސްވާނެ ކަމަށް ކުރިން ހީކުރެވިފައި ވެސް ނުވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ވަންޕްލަސް އިން އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބީއެކެވެ. ވަންޕްލަސްގެ ސީއީއޯ، ޕީޓާ ލޫ ވިދާޅުވި ގޮތުގައި، ވަންޕްލަސް 8 ސިރީޒްގެ ހުރިހާ އަދަދެއް ވިކި ހުސްވާނެ ކަމަށް ކުރިން ހީކުރެވިފައި ވެސް ނުވެ އެވެ.

ވަންޕްލަސް 8 ސީރީޒްގައި ހިމެނެނީ "ވަންޕްލަސް 8" އަދި "ވަންޕްލަސް 8 ޕްރޮ" އެވެ. މިއީ އަގު ބޮޑު ފޯނުތަކެއް ނަމަވެސް އިންތިހާ އަށް މަޝްހޫރެވެ. ވަންޕްލަސް ކުންފުނިން ބުނި ގޮތުގައި، ސްމާޓްފޯން މާކެޓަށް މި އަހަރު ފޯނެއް ތައާރުފުކުރީ މާ ބޮޑު ކާމިޔާބެެއް ނުވި ނަމަވެސް ހެޔޮ ކަމަށެވެ. ދުނިޔެ އަށް ދިމާވެފައި އޮތް ހާލަތަށް ބަލާއިރު، އާ ފޯނެއް ގަތުމަކީ މީހުން ކުރަން ބޭނުން ކަމަކަށް ނުވެދާނެ ކަމަށް ބެލެވުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕީޓާ ލޫ ކުރެއްވި ޓްވީޓެއްގައި، ފޯނު ގަތް މީހުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. ޗައިނާ މާކެޓަށް ނެރުނުހާ ފޯނެއް ވިކި ހުސްވުން މާނަކުރެވެނީ އަދި ވެސް ބޭނުންޖެހިފައި ގިނަ ބަޔަކު ތިބުން ކަމަށް ޓްވީޓްގައި ވެ އެވެ. އުންމީދަކީ ފެކްޓަރީތައް ބާރަށް ހިންގައިގެން ނަމަވެސް، ވަންޕްލަސް 8 ސީރީޒަށް އެދި އެދި ތިބި މީހުންނަށް ފޯނެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ސްމާޓްފޯން މާކެޓްގައި ވަންޕްލަސް އަށް އަދަޔާ ޚިލާފު ތަރުހީބެއް އޮވެ އެވެ. ވަންޕްލަސް ފޯނުތަކަކީ އެންޑްރޮއިޑް ފޯނުތަކެއް ނަމަވެސް، ފޯނުތައް ތައާފުރުކުރާ ހަފުލާތައް ވައްތަރުކުރެވެނީ ބޮޑު އީދަކާ އެވެ.

ވަންޕަލަސް އަށް ގިނަ ބަޔަކު ހެއްލިގެން ގޮސްފައި ފަނީ ފޯނުތަކުގެ ރީތިކަމަށެވެ. ވަންޕްލަސް ފޯނުތައް ބޭނުންކުރަން ފަސޭހަވުމަކީ ވެސް ގިނަ ބަޔަކު ޝައުގުވެރިވި ސަބަބަކަށް ވަނީ ވެފަ އެވެ. ވާދަވެރި މާކެޓްގައި ވާދަވެރިންގެ ފޯނުތަކަށް ވުރެ ނިސްބަތުން ބާރުގަދަ ޓެކްނޮލޮޖީއާ އެކު ވަންޕްސް ފޯނުތައް ވިއްކަނީ ހެޔޮ އަގުގަ އެވެ.