Roadha Mihaaru
ވާވޭ ސެމްސަންގާ އަރާ ހަމަކުރަނީ

ވާވޭ ސެމްސަންގާ އަރާ ހަމަކުރަނީ

15 ޑިސެމްބަރ 2019

ވާވޭ އިން ސެމްސަންގް ފަހަތަށް ޖައްސާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސްމާޓްފޯން މާކެޓްގެ ރަސްކަން ހޯދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި އަހަރުގެ މި ހިސާބަށް އައިއިރު، ތަފާސްހިސާބުތަކުން ފެންނަނީ އެއީ ވާވޭ އަށް ކުރެވިދާނެ ކަމެއްގެ ގޮތުގަ އެވެ. އެކަން ކުރެވޭހައި ގާބިލުކަން ކުންފުނީގައި އެބަ ހުރިކަން ވާވޭ ސާބިތުކޮށްދީފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭ އިން ބޭނުންވަނީ ސްމާޓްފޯން މާކެޓްގައި އެއް ވަނަ ދަރަޖަ އެވެ. މި މަގާމު ހާސިލުކުރުމަށް ކުރި މަސައްކަތްތަކަށް އެމެރިކާއިން ހުރަސްއެޅި ނަމަވެސް، ފަހަތަށް ބެލުމެއް ނެތި ކުރި މަސައްކަތުން، ސެމްސަންގާ ހުރި ދުރުމިން ވަނީ ގާތްކޮށްފަ އެވެ.

ސްމާޓްފޯން މާކެޓްގައި، ވާދަވެރިންގެ މެދުގައި ތަޚުތު ހޯދަން ކުރި މަސައްކަތްތަކުގައި، ފާއިތުވި އަހަރު ސެމްސަންގް އަދި ވާވޭއާ ދެމެދު ހުރި މާކެޓް ހިއްސާގެ ތަފާތަކީ 5.9 ޕަސެންޓް އެވެ. މި އަހަރު އެ ފަރަގު ހުރީ 3.6 ޕަސެންޓްގަ އެވެ. އެޕަލް އަދި ވެސް އުޅެނީ ތިން ވަނައިގަ އެވެ.

"ކޮރެއަން ހެރަލްޑް" އޮންލައިންއާ ހަވާލާދީ އާންމުކޮށްފައި ހުރި ހިސާބުކިތާބަށް ބަލާއިރު، ސެމްސަންގުން 323 މިލިއަން ސްމާޓްފޯން ދުނިޔޭގެ މާކެޓަށް ނެރުނުކަން ކަށަވަރުވެ އެވެ. ޗައިނާގެ ވާވޭ އިން މާކެޓަށް ނެރެފައި ވަނީ 251 މިލިއަން ސްމާޓްފޯނެވެ. މި ހިސާބުތަކަށް ބަލާއިރު ސެމްސަންގެ އަތުގައި އޮތީ މުޅި މާކެޓްގެ 21.3 ޕަސެންޓް އެވެ. ވާވޭ އަށް 17.7 ޕަސެންޓް އެވެ. ފާއިތުވި އަހަރު، 2018 ގައި ވާވޭ އަށް ކަށަވަރުކުރެވިފައި ވަނީ 14.4 ޕަސެންޓެވެ.

އެޕަލް އޮތީ މުޅި މާކެޓްގެ ތިން ވަނަ ދަރަޖާގަ އެވެ. އެއީ 13.6 ޕަސެންޓް އެވެ. ފާއިތުވި އަހަރު ވެސް އެޕަލް އަށް ވާވޭގެ މައްޗަށް އަރައިގަނެވޭ ގޮތް ވަނީ ނުވެފަ އެވެ.