Roadha Mihaaru
ޒީޓީއީ އަށް 1 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ޒީޓީއީ އަށް 2018 ގައި 1 ބިލިއަން ޑޮލަރުގެ ގެއްލުމެއް

30 މާޗް 2019

ޗައިނާގެ މުއާސަލާތީ ކުންފުނިތަކަށް މިއީ ބިރު ބޮޑު ދުވަސްވަރެކެވެ. މިކަން އެންމެ ބޮޑަށް ތަހަންމަލުކޮށްފައި ވަނީ ޒީޓީއީ އަދި ވާވޭ އެވެ. ޒީޓީއީ ބުނާ ގޮތުގައި، 2018 ގައި އެ ކުންފުންޏަށް އެއް ބިލިއަން ޑޮލަރު ގެއްލުން ވަނީ ވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާގެ މުއާސަލާތީ ކުންފުނިތަކަށް މިއީ ބިރު ބޮޑު ދުވަސްވަރެކެވެ. މިކަން އެންމެ ބޮޑަށް ތަހަންމަލުކޮށްފައި ވަނީ ޒީޓީއީ އަދި ވާވޭ އެވެ. ޒީޓީއީ ބުނާ ގޮތުގައި، 2018 ގައި އެ ކުންފުންޏަށް އެއް ބިލިއަން ޑޮލަރު ގެއްލުން ވަނީ ވެފަ އެވެ.

ޒީޓީއީ އަކީ ސްމާޓްފޯން ވެސް އުފައްދާ ކުންފުންޏެކެވެ. މި ކުންފުންޏަށް ގެއްލުންވެފައި ވަނީ ކުރި ވިޔަފާރިން ފައިދާނުވެގެނެއް ނޫނެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއަޅާފައިވާ އީރާން އަދި ނޯތު ކޮރެޔާ އާ އެކު ވިޔަފާރިކުރިކަން ސާބިތުވެގެންނެވެ.

އެމެރިކާއިން ޒީޓީއާ މެދު ކުރިން ނިންމާފައި ވަނީ، އެމެރިކާ ކުންފުނިތަކުން އުފައްދާ އިލެކްޓްރޯނިކްސް ނުގަނެވޭ ގޮތަށެވެ. އެމެރިކާގެ ކުންފުނިތަކުން އުފައްދާ ބައިތައް ޒީޓީއީ އަށް ބޭނުންވަނީ، އެ ކުންފުނިން އުފައްދާ މުވާސަލާތީ ޑިވައިސްތަކުގައި އަދި ސްމާޓްފޯނުތަކުގައި ބޭނުންކުރުމަށެވެ. އެހެން ނަމަވެސް، އެއް ބިލިއަން ޑޮލަރުން ޖޫނިމަނާކުރުމަށް ފަހު ވަނީ ވަކި މުއްދަތަކަށް ހުއްދަދީފަ އެވެ. މި މުއްދަތުގެ ތެރޭގައި ބޭއަދަބީ މުއާމަލާތްތެއް ހިންގައިފި ނަމަ އަދަބު ބޮޑުކުރާ ގޮތަށެވެ.

ޒީޓީއީ އަށް ފާއިތުވި އަހަރު ލިބުނު ގެއްލުމުގެ އެންމެ ބޮޑު ބަޔަކީ، އެމެރިކާ އަށް ދައްކަންޖެހުނު ޖޫރިމަނާ އެވެ. އެވަރުން ވެސް 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 41 މިލިއަން ޑޮލަރު ފައިދާވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޒީޓީއީ އިން އުންމީދުކުރަނީ މި އަހަރު ބޮޑުފައިދާއެއް ލިބޭނެ ކަމަށެވެ. ޚާއްސަކޮށް ދުނިޔެ 5ޖީ އަށް ބަދަލުވަމުން އަންނައިރު، އެ ކުންފުނީގެ މުވާސަލާތީ އާލާތްތައް ގިނައިން ވިކޭނެ ކަމަށް އުންމީދު ކުރެ އެވެ.