11 އެޕްރީލް 2021
ގޫގުލްގެ ޕިކްސެލް 5އޭ ފޯނު ނުނެރެން ނިންމާފައިވާ ކަމަށް އަޑު އަރާފައި ވިޔަސް އެ ސީރީޒްގެ ފޯނު މި އަހަރު ނެރޭނެކަން ކަށަވަރުކޮށް ދީފި އެވެ.
ގޫގުލްގެ ޕިކްސެލް 5އޭ ފޯނު ނުނެރެން ނިންމާފައިވާ ކަމަށް އަޑު އަރާފައި ވިޔަސް އެ ސީރީޒްގެ ފޯނު މި އަހަރު ނެރޭނެކަން ކަށަވަރުކޮށް ދީފި އެވެ.
އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ މިދިޔަ އަހަރު އިއުލާންކޮށްފައި އޮތް ގޮތަށް އޭ-ސީރީޒްގެ ފޯނު މި އަހަރުގެ ފަހުގެ ތާރީހެއްގައި އޭ5 ނެރޭނެ ކަމަށާއި އެންމެ ފުރަތަމަ އެ ފޯނު ނެރޭނީ އެމެރިކާ އާއި ޖަޕާންގެ މާކެޓަށް ކަމަށެވެ.
ނަމަވެސް ސީދާ ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޖޫން/ޖުލައި އަކީ ފޯނު ނެރޭނެ ކަމަށް ބެލެވޭ ދުވަސްވަރެވެ.
އޭ-ސީރީޒްފެ ފޯނާ ބެހޭ އިތުރު ތަފުސީލުތަކެއް ވެސް ގޫގުލް އިން ނުދެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައ އެ ސީރީޒްގެ ފޯނުތައް މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި ނެރުނު ޕިކްސެލް އޭ4 5ޖީއާ ވައްތަރު ގޮތެއް ހުންނާނެ އެވެ. އަދި ފޯނުގެ ފީޗާތަކަށް ބަލާ އިރު 6.2 ގެ ފުލް ހައި ޑިފިނިޝަން (އެފްއެޗްޑީ) ޑިސްޕްލޭއަކާ އެކު ޑުއަލް ކެމެރާ އަދި ހެޑްފޯނު ޖެކް ވެސް ފޯނުގައި ހިމެނޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި އަހަރުގެ ފަހުކޮޅު ގޫގުލް އިން އިތުރު ފޯނެއް ވެސް ނެރޭނެ އެވެ. އަދި އެއީ ޕިކްސެލް 6 އަށް ވެދާނެ ކަމަށާއި އޭ5 ނެރޭ އިރު އެކަމާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ގޫގުލް ޕިކްސެލް 6 ނެރެން ތައްޔާރު
ޕިކްސެލް ފޯނުން ހިތުގެ ވިންދު ބެލޭ ގޮތް ހަދައިފި
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ގޫގުލް ޕިކްސެލް ފޯނުތަކުގެ ޒަމާންދަނީތަ؟
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ
މޯޝަން ސެންސް: ޕިކްސެލް 4 ގައި ރާޑަރު ޓެކްނޮލޮޖީ
ޕިކްސެލް 4 އިންޑިއާގައި ވިއްކުން މަނާ
ޕިކްސެލް 4 ގަންނައިރު ހެޑްފޯނެއް ނުލިބޭ