Roadha Mihaaru
ކެއުން ހުއްޓާލައިގެން ބަރުދަން ލުއި ނުކުރޭ

ކެއުން ހުއްޓާލައިގެން ބަރުދަން ލުއި ނުކުރޭ

24 ފެބުރުއަރީ 2022

ކެއުމުގެ އާދަތައް ބަދަލުކުރުމުގެ ބަދަލުގައި އެކި ވަގުތުތަކުގައި ކެއުން ހުއްޓާލައިގެން ބަރުދަން ލުއި ނުކުރުމަށް ނިއުޓްރީޝަނިސްޓުން ގޮވާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކެއުމުގެ އާދަތައް ބަދަލުކުރުމުގެ ބަދަލުގައި އެކި ވަގުތުތަކުގައި ކެއުން ހުއްޓާލައިގެން ބަރުދަން ލުއި ނުކުރުމަށް ނިއުޓްރީޝަނިސްޓުން ގޮވާލައިފި އެވެ.

ބަރުދަން ލުއި ކުރުމަށްޓަކައި ރަނގަޅު ޑައިޓެއް އިސް ރޯލެއް އަދާކުރެ އެވެ. މި ޑައިޓަކީ އެއްވެސް ހާލަތެއްގައި ކެއުން ހުއްޓާލުމެއް ނޫނެވެ. ސިއްހަތާ ގުޅޭ މާހިރުން ވެސް އެދޭނީ ގަޑިން ގަޑިއަށް ކާށެވެ. އަދި ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ބޭނުންކުރުމަށް ނަސޭހަތް ދެ އެވެ.

ނިއުޓްރީޝަނުން ބުނާ ގޮތުގައި، ހެނދުނުގެ ނާސްތާ ނުވަތަ މެންދުރު ކެއުން އާންމުކޮށް އެއްކޮށް ހުއްޓާލައިގެން ބަރުދަން ލުއި ކުރަން އުޅޭ ނަމަ އޭގެ ސަބަބުން ރަނގަޅު ނަތީޖައެއް ނުފެންނާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ހަށިގަނޑަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

.

.

ވެލްނެސް ކޯޗު ޑިއޭން ޕާންޑޭ ބުނާ ގޮތުގައި ކެއުން ވަކި ގަޑިތަކުގައި ހުއްޓާލައިގެން ބަރުދަން ލުއި ކުރުމަކީ ފަސޭހަ ކަމަކަށް ވެދާނެ އެވެ. އެކަމަކު އެގޭ ސަބަބުން ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ލިބެން ޖެހޭ ވިޓަމިންސް އާއި އެ ނޫން ވެސް މުހިއްމު މާއްދާތައް މަދުވާނެ ކަމަށް ބުންޏެވެ.

ރަނގަޅަށް ގަޑިން ގަޑިއަށް ނުކެއުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ވެއްޓެން ވެސް މެދުވެރިވެ އެވެ. އެ ސަބަބާ ހުރެ ކޮންމެ ކެއުމެއްގެ ދެމެދުގައި ފަސް ގަޑިއިރަށް ވުރެ ބޮޑު ހުސްވަގުތެއް ހޭދަ ނުކުރުމަށް އޭނާ ނަސޭހަތްތެރިވެ އެވެ.