Roadha Mihaaru
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ

"ދަ ވެލްނަސް ކްލަބް"އިން ގްރޫޕް ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ

04 ޖޫން 2024

ތަފާތު އެކި ކަސްރަތު ކްލާސްތައް ހިންގާ "ދަ ވެލްނަސް ކްލަބް" ޖިމުގެ ގްރޫޕް ކްލާސްތަކުގެ ނިއު ރިލީޒްތައް ނެރުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެ ޖިމުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތަފާތު އެކި ކަސްރަތު ކްލާސްތައް ހިންގާ "ދަ ވެލްނަސް ކްލަބް" ޖިމުގެ ގްރޫޕް ކްލާސްތަކުގެ ނިއު ރިލީޒްތައް ނެރުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެ ޖިމުން ބުނެފި އެވެ.

ނިއު ރިލީޒްތަކަކީ އެ ޖިމުގައި މިހާރު ކުރިއަށްދާ އެކި ގްރޫޕް ކްލާސްތަކުގެ ޓްރެކުތައް އާ ކޮށް ނެރޭ އާ ކަސްރަތުތަކެވެ. މިއީ އަބަދު އެއް ކަސްރަތުތަކަށް ހަށިގަނޑު ނުހޭނުމުގެ ގޮތުންނާއި އިންޓެންސިޓީ އިތުރުކޮށް، ކަސްރަތުކުރުމަށް އޮންނަ ޝައުގުވެރިކަމާއި ފޯރި އިތުރުކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

ނިއު ރިލީޒް ކްލާސްތަކުގެ ޝެޑިއުލް.

ނިއު ރިލީޒް ކްލާސްތަކުގެ ޝެޑިއުލް.

"ދަ ވެލްނަސް ކްލަބް"އިން ބުނި ގޮތުގައި އެ ޖިމްގެ ނިއު ރިލީޒްތަކަކީ ބައިވެރިންގެ ހޫނު ތަރުހީބެއް ލިބޭ، ފެސްޓިވްކަމެކެވެ. ކޮންމެ ނިއު ރިލީޒަކީ ވެސް އެ ޖިމުން ތީމުތަކެއް ކަނޑައަޅާ ބާއްވާ ހަރަކާތްތަކެއް ކަމަށާއި މި ފަހަރުގެ ކްލާސްތައް ހާއްސަ ކުރީ ޔޫރޯއަށް ކަމަށް އެ ޖިމްއިން ބުންޏެވެ.

މާދަމާ ނެރޭ ނިއު ރިލީޒް ކްލާސްތައް ކުރިއަށް ދާނީ ހަވީރު 4:15 އިން ރޭގަނޑު 7:30 އާ ދެމެދު އެކި ވަގުތުތަކަށް އެކި ކްލާސްތައް ބަހާލައިގެންނެވެ. ބުރާސްފަތި ދުވަހުގެ ކްލާސްތައް އޮންނާނީ ހަވީރު 4:15 އިން ރޭގަނޑު 9 ޖެހުމާއި ހަމައަށް އެކި ގަޑިތަކަށް އެކި ކްލާސްތައް ބަހާލައިގެންނެވެ.

ދަ ވެލަންސް ކްލަބުގެ ބޮޑީ ޕަމްޕް ކްލާހެއް.

ދަ ވެލަންސް ކްލަބުގެ ބޮޑީ ޕަމްޕް ކްލާހެއް.

މި ފަހަރު ނިއު ރިލީޒް ނެރޭ ކްލާސްތަކުގެ ތެރޭގައި ބޮޑީ އެޓޭކް، ބޮޑީ ޕަމްޕް، ބޮޑީ ކޮމްބެޓް، ޒުމްބާ އަދި ވެލްނަސް ފްލޯގެ ކްލާސްތައް ހިމެނެ އެވެ. ނިއު ރިލީޒް ކްލާސްތަކަކީ އާއްމުންނަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކުރިއަށް ގެންދާ ކްލާސްތަކެކެވެ.

"ދަ ވެލްނަސް ކްލަބް"ގެ ގްރޫޕް ކްލާސްތަކުގެ ތެރޭގައި އަންހެނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ކްލާސްތަކާއި ދެ ޖިންސަށް އެއްކޮށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކްލާސްތައް ހިމެނެ އެވެ. އެ ތަނުގެ ކްލާސްތަކުގެ މައުލޫމާތުތައް ވެލްނަސް ކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބޭނެ އެވެ.