16 މާޗް 2020
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، 13 މީހެއްގެ (ޓޫރިސްޓުން/ބިދޭސީން] ގެ ގައިން އެ ވައިރަސް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ހުރިހާ ޖިމާއި ފިޓްނެސް ސެންޓަރުތައް މިއަދު ބަންދުކޮށްފި އެވެ.
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، 13 މީހެއްގެ (ޓޫރިސްޓުން/ބިދޭސީން] ގެ ގައިން އެ ވައިރަސް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ހުރިހާ ޖިމާއި ފިޓްނެސް ސެންޓަރުތައް މިއަދު ބަންދުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ހިންގާ ޖިމް/ފިޓްނަސް ސެންޓަރުތަކުގެ އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އެ ތަންތަން ބަންދުކުރަން ނިންމީ، ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެންނެވެ.
ޖިމްތަކުގެ ފަރާތުން ވާހަކަ ދެއްކެވި، ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވީ، މިއީ ފިޓްނަސްގެ ވިޔަފާރި ހިންގާ ކުންފުނިތަކަށާއި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ބައެއް ވިޔަފާރިތައް އެއްކޮށް ވެސް ހަލާކުވެދާނެ ކަމަށެވެ. އެކަމަކު، މިއީ ވިޔަފާރި އަށް ވުރެ ބޮޑަށް، އާއްމުންގެ ސިއްހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ވުމުން ތަންތަން ބަންދުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިނާން ވިދާޅުވި ގޮތުގައި، މާލޭގެ ސަރަހައްދުގައި ވިއްސަކަށް ވުރެ ގިނަ ޖިމާއި ފިޓްނަސް ސެންޓަރުތައް ހުރި އިރު، މި މަހުގެ 28ގެ ނިޔަލަށް އެ ހުރިހާ ތަންތަން ބަންދުވާނެ އެވެ.
"އަޅުގަނޑުމެންގެ އިނގިލި ބިނދުނު ނަމަވެސް މިހާރު މިއީ ގައުމީ ކަމެއް. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ މިކަމުގައި ބައިވެރިވެ، ވެވެން އޮތް އެހީއެއް ވާން،" އޭނާ ވިދާޅުވި އެވެ.
ޒިނާން ވިދާޅުވީ ޖިމާއި ފިޓްނަސް ސެންޓަރުތަކުން ހިދުމަތް ހޯދާ މީހުންގެ އަދަދު ގާތްގަނޑަކަށް 7،000 އަށް އަރާއިރު، އެ މީހުންނަށް ފިޓްނަސްއާ ގުޅޭ މައުލޫމާތު އެހެން ގޮތްގޮތުން ފޯރުކޮށްދެވޭތޯ ބަލާނެ ކަމަށެވެ.
ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖޭން ވެސް ފެނިފައިވާއިރު، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ރިސޯޓުތަކަށް އަރައިފޭބުން މަނާކޮށް، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެންދިއުން ވެސް އެ ތަންތަނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ
ޖިމްތަކާއި ކަސްރަތު ކްލާސްތައް މެދުކަނޑާލަން އަންގައިފި
މެޓްރޯފްލެކްސް އިން ދަރިވަރުންނަށް އަގުހެޔޮ ދެ ޕެކޭޖު
ކައިވެންޏަށް ފިޓުވާން މެޓްރޯފްލެކްސް ޖިމްގެ ޕެކޭޖެއް
ހާޑްރޮކްގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި
ކައިގެން ހިނގާލަން ދިއުމުގެ ފައިދާ ބޮޑު