08 ސެޕްޓެމްބަރ 2022
ކައި ނިންމާ ގޮތަށް ކުޑަކޮށް ހިނގާލުމުން ތަފާތު އެކި ކަހަލަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެ ދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކައި ނިންމާ ގޮތަށް ކުޑަކޮށް ހިނގާލުމުން ތަފާތު އެކި ކަހަލަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެ ދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ސައިންސުވެރިންތަކެއް މި ދިރާސާ ކޮށްފައިވަނީ މެޑިޓެރޭނިއަން ޑައިޓް އާއި ކެއުމުގެ ލައިފްސްޓައިލަށް ބިނާކޮށެވެ. މެޑިޓެރޭނިއަންގެ މީހުންގެ މެދުގައި އެތައް ޒަމާނެއް ވަންދެއް ގެންގުޅުނު އެއް އާދައަކީ ކެއުމަށް ފަހު ގެންގުޅޭ އާދަތަކެވެ. މެޑިޓެރޭނިއަންގެ ޑައިޓަކީ ގިނަ ފަހަރަށް ލުއި ޑައިޓަކަށް ވާއިރު ކެއުމަށްފަހު އާއިލާ އާއި އެކުވެރިން ގިނަ ފަހަރަށް އެކީގައި ހިނގާލަން ގޮސް އުޅޭނެ އެވެ. މި އާދައަކީ ސިއްހަތަށް ފައިދާ ހުރި އާދައެއް ކަމަށް ދިރާސާއިން ވަނީ އެނގިފަ އެވެ.
ސްޕޯޓްސް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނާ ގޮތުގައި ކެއުމަށްފަހު ކުޑަކޮށް ހިނގާލުން ވަރަށް މުހިއްމެވެ. އަދި ކޮންމެހެން ގިނައިރު ހިނގާކަށް ވެސް ނުޖެހެ އެވެ. ގާތްގަނޑަކަށް ދެ މިނެޓާއި ފަސް މިނެޓާ ދެމެދުގެ ވަގުތަކަށް ހިނގާލުމުން ރަނގަޅުވާނެ ކަމަށް ދިރާސާގައި ބުނެ އެވެ.
.
ކެއުމަށްފަހު ހިނގާލުމުން ހަކުރުބައްޔާ ދުުރުކޮށްދިނުމަށް އެހީތެރިވާއިރު ކޮލެސްޓްރޯލްގެ މިންވަރު ވެސް ކުޑަކޮށްދޭ ކަމަށް ދިރާސާގައި ބުނެ އެވެ. އޭގެއިތުރުން ބަރުދަން ލުއި ވުމަށް ވެސް މި އާދަ އެހީތެރިވާ ކަމަށް ސައިންސުވެރިން ބުނެ އެވެ.
ސައިންސުވެރިން ބުނެފައިވަނީ ކެއުމަށް ފަހު ހިނގުމުން ކާއެއްޗެހި ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމަށެވެ. އަދި ވަރުބަލި ވުމާއި ލޮޑުވުން ފަދަ ކަންތައްތައް ވެސް ކުޑަކޮށް ހިނގާލުމުން ކުޑަވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ކޮންމެ ކެއުމަށް ފަހު ދެ މިނެޓާއި ފަސްމިނެޓާ ދެމެދު ހިނގާލުމަށް ސައިންސުވެރިން ލަފާ ދެ އެވެ. ހިނގާލުމަށްފަހު ކުޑަކޮށް ސްޓްރެޗް ކޮށްލުމަކީ ވެސް ރަނގަޅު ކަމެކެވެ.
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ހާޑްރޮކްގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި
ގިނައިން ކައިގެން ވެސް ބަރުދަން ލުއިކުރެވޭނެ
ކަސްރަތާއި އުފާވެރިކަމާ ގުޅޭކަން އިތުރަށް ޔަގީންވެއްޖެ
ހެނދުނު ކޮފީގެ ބަދަލުގައި ހޫނު ފެންތައްޓެއް
ކެރެޓާ ލޮލުގެ ފެނުމާ ހުރި ގުޅުމާއި ތޯތޯ އެކި ވާހަކަ
ކްރިތީ ވިޔަފާރިއެއް ފަށަނީ