30 މެއި 2022
"ކެރެޓު ކެއުމުން ލޮލުގެ ފެނުން ސާފުވާނެ" ކަމަށް ބުނާތީ އަހަން ދޯ އެވެ. ސިއްހީ ކަންކަމާ ގުޅުވައިގެން މިހެން ދައްކާ ކިތަންމެ ވާހަކައެއް ހުރެ އެވެ.
"ކެރެޓު ކެއުމުން ލޮލުގެ ފެނުން ސާފުވާނެ" ކަމަށް ބުނާތީ އަހަން ދޯ އެވެ. ސިއްހީ ކަންކަމާ ގުޅުވައިގެން މިހެން ދައްކާ ކިތަންމެ ވާހަކައެއް ހުރެ އެވެ.
މި ވާހަކަތަކުގެ ތެރެއިން ގިނަ ވާހަކަތަކަކީ ސައިންޓިފިކް ރިސާޗުތަކުން ސާބިތުވެފައި ނުވާ ވާހަކަތެކެވެ. ނަމަވެސް ތުންތުން މަތިން އިވި މި ވާހަކަތަކަކީ އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާ ވާހަކަތަކެވެ.
.
މިއީ ދައްކާ ވާހަކަ އެކެވެ. އާންމުކޮށް، ކައި ނިމިގެން ވަގުތުން މޫދަށް އެރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މީހުން ބުނެ އެވެ. އެގޮތަށް ކަންތައް ކުރާނަ މަ އަކުނިވަޔަށް ދަމައިގަންނާނެ ކަމަށް ބުނެ އެވެ. އަދި މޫދަށް އެރިގެން އުޅެނިކޮށް އަކުނިވަޔަށް ދަމައިގެންފި ނަމަ އެއީ ކެއުމުގެ ސަބަބުން ވީ ކަމެއްގެ ގޮތުގައި ގަބޫލުކުރެ އެވެ. ނަމަވެސް މިއީ ތެދެއް ނޫނެވެ. ކެއުމަށް ފަހު ވަގުތުން މޫދަށް އެރުމާއި އަކުނިވަޔަށް ދެމުމާ އެއްވެސް ގުޅުމެއް ނެތެވެ.
.
އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ގިނަ ފަހަރަށް ފެންނަނީ ދުވަސްވީ މީހުންނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެއީ ތެދެއް ނޫނެވެ. ސައިންސުވެރިން ބުނާގޮތުގައި އާތުރައިޓިސް ޖެހޭ މީހުންގެ ތިންބައި ކުޅަ ދެބައި މީހުންނަކީ 65 އަހަރުން ދަށުގެ މީހުންނެވެ. އަދި ކުޑަކުދިންނަށް ވެސް މި ބަލި ޖެހެ އެވެ. ކޮންމެ 1،000 ކުދިންގެ ތެރެއިން ތިން ކުއްޖަކަށް އެ ބަލި ޖެހޭ ކަމަށް ސައިންސުވެރިން ބުނެ އެވެ.
.
މިއީ ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރާ ވާހަކައެކެވެ. އެއީ ކުޑަކުދިންނަށް ހަކުރު ހިމެނޭ ޒާތުގެ އެއްޗެހި ދިނުމުން އެކުދިން ހައިޕާއެކްޓިވް ނުވަތަ ހަލަނިވާ ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރެވުމެކެވެ. ނަމަވެސް މި ދެކަމާ ގުޅުމެއް ނެތް ކަމަށް ސައިންސުވެރިން ބުނެ އެވެ. އޭގެ ބަދަލުގައި ކުޑަކުއްޖާ ބަރުވެ ސިއްހަތަށް ނުރައްކާވުމާއި ހަކުރާ ގުޅުން ހުރި ކަމަށް ސައިންސުވެރިން ބުނެ އެވެ.
.
މިއީ ދައްކާތާ ވަރަށް ޒަމާންވީ ވާހަކައެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައާ ހިސާބަށް މި ވާހަކައިގެ ތާރީހު ދެ އެވެ. އެ ދުވަސްވަރު އިނގިރޭސީން ވަނީ އާ ރޭޑަރު ސިސްޓަމެއް ގާއިމުކޮށްފަ އެވެ. އެ ސިސްޓަމާ އެކު މީހުން އުޅޭ ނޫޅޭ ތަން ފަސޭހައިން ދެނެގަނެވެ އެވެ. ނަމަވެސް ޖަރުމަނުގެ މީހުންނަށް އަޑު އިވިފައިވަނީ އިނގިރޭސީން "އޮރެންޖު ކުލައިގެ ތަރުކާރީއެއް ކައިގެން" އުޅޭ ކަމަށެވެ. އެ ތަރުކާރީގެ ސަބަބުން އިނގިރޭސީންގެ ލޮލުގެ ފެނުން ރަނގަޅުވި ކަމަށް ގަބޫލުކުރި އެވެ. މިއަދާ ހަމަ އަށް ވެސް ވަރަށް ގިނަ ބަޔަކު ގަބޫލުުރާ ގޮތުގައި ލޮލުގެ ފެނުން ސާފުވުމާއި ކެރެޓު ކެއުމާ ގުޅުން އެބަހުއްޓެވެ.
ނަމަވެސް މިއީ ތެދެއް ނޫނެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ހެދި ދިރާސާއެއްގައި ވަނީ ކެރެޓުގައި ހިމެނޭ ކެރޮޓީން ދިރާސާކޮށްފަ އެވެ. ކެރެޓަކީ ސިއްހަތަށް އެކި ކަހަލަ ފައިދާ ލިބޭ ކަމެއް ކަމަށް ސައިންސުވެރިން އެއްބަސްވެ އެވެ. ނަމަވެސް 12 އަހަރު ވަންދެން ހަމަ ގަވައިދުން ކެރެޓު ކައި އުޅުނު މީހެއްގެ ޓެސްޓުތައް ހެދުމުން ވެސް ލޮލުގެ ފެނުމާއި ކެރެޓާ އެއްވެސް ގުޅުމެއް ހުރިކަން ސާބިތެއް ނުވި އެވެ.
.
ކާން ގެންގުޅޭ އެއްޗެއް ބިންމައްޗަށް ވެއްޓި، ފަސް ސިކުންތު ނުވަނީސް އެ ނަގައިފި ނަމަ އެޔަށް ޖަރާސީމެއް ނާރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއީ "ފައިވް ސެކަންޑް ރޫލް" އެވެ.
ރަޓްގާސް ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކާއެއްޗެއް ބިންމައްޗަށް ހަމަ ވެއްޓޭ ވަގުތު ވެސް ބައެއް ކަހަލަ ޖަރާސީމާއި ބެކްޓީރިއާތައް އެއަށް އަރަ އެވެ. އެހެންވީމާ ފަސް ސިކުންތު ގަވާއިދާއި ތިން ސިކުންތު ގަވާއިދަކީ ވެސް ހަގީގަތެއް ނޫނެވެ.
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ހާޑްރޮކްގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި
ކައިގެން ހިނގާލަން ދިއުމުގެ ފައިދާ ބޮޑު
ގިނައިން ކައިގެން ވެސް ބަރުދަން ލުއިކުރެވޭނެ
ކަސްރަތާއި އުފާވެރިކަމާ ގުޅޭކަން އިތުރަށް ޔަގީންވެއްޖެ
ހެނދުނު ކޮފީގެ ބަދަލުގައި ހޫނު ފެންތައްޓެއް
ކްރިތީ ވިޔަފާރިއެއް ފަށަނީ