04 ޖޫން 2022
ހެނދުނު ހޭލާ ގޮތަށް ބައެއް މީހުން އެންމެ ފުރަތަމަ ވެސް ބޭނުންވާ އެކައްޗަކީ ކޮފީއެކެވެ. މިއީ ގިނަ ބައެއްގެ ހެނދުނުގެ އާދަ އެވެ. ނަމަވެސް އޭގެ ބަދަލުގައި ހޫނު ނުވަތަ ތާފަނާ ފެން ތަށްޓެއް އެންމެ ފުރަތަމަ ބޯލާށެެވެ. މިއީ ވަރަށް ފައިދާ ހުރި ކަމެކެވެ.
ހެނދުނު ހޭލާ ގޮތަށް ބައެއް މީހުން އެންމެ ފުރަތަމަ ވެސް ބޭނުންވާ އެކައްޗަކީ ކޮފީއެކެވެ. މިއީ ގިނަ ބައެއްގެ ހެނދުނުގެ އާދަ އެވެ. ނަމަވެސް އޭގެ ބަދަލުގައި ހޫނު ނުވަތަ ތާފަނާ ފެން ތަށްޓެއް އެންމެ ފުރަތަމަ ބޯލާށެެވެ. މިއީ ވަރަށް ފައިދާ ހުރި ކަމެކެވެ.
ކޮފީ އާއި ސައި ބުއިމަކީ ސިއްހަތަށް ގެއްލުންވާ ކަމެއް ނޫނެވެ. ބައެއް މީހުންނަކީ ހެނދުނު ތެދުވާގޮތަށް ފެނަށް ލުނބޯ އަޅައިގެން ބޯ މީހުންނެވެ. މިއީ ވެސް ސިއްހަތަށް ފައިދާ ހުރި ކަމެކެވެ.
އިންޑިއާގެ ނިއުޓްރީޝަނެއް ކަމަށްވާ ޑރ. ދިކްޝާ ބަވަސްވަރު އިރުޝާދު ދީފައިވާ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު ހޫނު ފެން ނުވަތަ ތާފަނާ ފެން ބުއިމަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ކަމަށެވެ. އޭނާ ބުނީ މިއީ ވަރަށް ގަދަޔަށް އެސިޑިޓީގެ މައްސަލަ އަދި އަލްސާ ފަދަ މައްސަލަ ނުހުންނަ މީހުންނަށް ފައިދާ ވާނެ ގޮތެއް ކަމަށެވެ.
.
ހެނދުނު ހޫނު ފެން ބޯ ނަމަ، ގޭސްޓްރިކްވާ މީހުންގެ ބަނޑަށް ފަސޭހަވާނެ އެވެ. އަދި މުޅި ދުވަހު ބަނޑަށް އުނދަގޫވެ ނުވަތަ ބްލޯޓު ވުމުން ދުރުކޮށްދެ އެވެ.
އޭގެއިތުރުން ހަންގަނޑު ސާފުވުމާއި މީހާގެ ކެއުމުގެ އާދަތަކަށް ރަނގަޅު ބަދަލު ގެނައުމަށްވެސް ހޫނު ފެން އެހީތެރިވާ ކަމަށް ޑރ. ދިކްޝާ ބުނެފައިވެ އެވެ.
އޭނާ ބުނީ ހޫނު ފެން ބޯން ވާނީ އެއް ފަހަރުން ބޯން އުނދަގޫ ނޫން ހޫނު މިނުގަ އެވެ. ނުވަތަ ތާފަނާކޮށެވެ.
ވެލްނަސް ކްލަބުން ކްލާސްތަކުގެ ނިއު ރިލީސްތައް ނެރެނީ
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ހާޑްރޮކްގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި
ކައިގެން ހިނގާލަން ދިއުމުގެ ފައިދާ ބޮޑު
ގިނައިން ކައިގެން ވެސް ބަރުދަން ލުއިކުރެވޭނެ
ކަސްރަތާއި އުފާވެރިކަމާ ގުޅޭކަން އިތުރަށް ޔަގީންވެއްޖެ
ކެރެޓާ ލޮލުގެ ފެނުމާ ހުރި ގުޅުމާއި ތޯތޯ އެކި ވާހަކަ
ކްރިތީ ވިޔަފާރިއެއް ފަށަނީ